ރައްޔިތުންގެ މަޖިލީހުން 30 ޕަސަންޓު ޒުވާނުންނަށް ހާއްސަކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ.
ގާނޫނުއަސާސީގެ 72 ވަނަ މާއްދާ (ނ)ގެ ފަހަތަށް އަކުރެއް އިތުރުކުރުމަށް އެ ބިލު ހުށަހަޅުއްވަނީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.
މީކާއީލް ހުށަހަޅުއްވާ ބިލުގައިވާ ގޮތުން މަޖިލީހަށް މެންބަރުން އިންތިހާބުކުރާ އިރު، މެންބަރުންގެ އަދަދު ކަމަށް ކަނޑައަޅާ ޖުމުލަ އަދަދުގެ 30 އިންސައްތަ ދާއިރާއަކީ، އުމުރުން 35 އަހަރު ނުފުރޭ މީހުންނަށް ހާއްސަ ދާއިރާތަކެއްގެ ގޮތުގައި އެކަށައަޅަންވާނެއެވެ.
އަދި މަޖިލީހުގައި ހިމެނޭ އިންތިހާބީ ދާއިރާތަކުގެ ތެރެއިން، އުމުރުން 35 އަހަރު ނުފުރޭ މީހުންނަށް ހާއްސަކުރާ ދާއިރާތައް ކަނޑައަޅާނޭ ގޮތް ގާނޫނަކުން ބަޔާންކުރަންވާނެ ކަމަށް ވެސް މީކާއީލް ހުށަހަޅުއްވާ ބިލުގައިވެއެވެ.
މީކާއީލް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ހިނގާ 20 ވަނަ މަޖިލީހުގެ މެންބަރުންގެ ތެރެއިން 35 އަހަރުން ދަށުގެ މެންބަރުން ހިމެނެނީ އެންމެ 11 އިންސައްތަ ކަމަށާއި ނަމަވެސް ރާއްޖޭގައި ޒުވާނުން ހިމެނޭ ނިސްބަތް 45 އިންސައްތައަށް އަރާ ކަމަށެވެ.
މި ބޮޑު ތަފާތަށް ސަމާލުކަން ދިނުމުގެ ވަގުތު ޖެހިފައިވާ ކަމަށާއި އެހެންކަމުން މަޖިލީހުގެ ގޮނޑީގެ 30 އިންސައްތަ ޒުވާނުންނަށް ހާއްސަކުރުމަށް ގާނޫނު އަސާސީއަށް އިސްލާހެއް ހުށަހަޅާ ކަމަށް މީކާއީލް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް