ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ދެވަނަ ހިތާނީ ކޭމްޕްގައި ރަޖިސްރީކުރުމަށް ހުޅުވާލައިފައެވެ.
އެ ކޭމްޕުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިއަދުން ފެށިގެން އަންނަ މަހުގެ 18 ގެ ނިޔަލަށް ނަން ނޯޓުކުރުމުގެ ފުރުސަތު ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ހުޅުވާލައިފައެވެ.
އެ ކޭމްޕުގެ ޕެކޭޖުގެ އަގަކީ އާސަންދައަށް ކަނޑުމަށްފަހު ޖުމުލަ 5،500 ރުފިޔާއެވެ. ޕްރޮސީޖާތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 20 އިން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 24 އަށެވެ.
އެ ހިތާނީ ޕެކޭޖުގައި ހިމެނެނީ:
- ޔޫރޮލޮޖިސްޓް އަދި އެނެސްތީސިއޮލޮޖިސްޓުންގެ އޮޕަރޭޝަނުގެ ކުރީގެ ކޮންސަލްޓޭޝަން
- ޕްރޮސީޖާއާ ގުޅޭ އާންމު ލެބޯޓަރީ ޓެސްޓުތައް
- ލޯކަލް ނުވަތަ ޖެނެރަލް އެނެސްތީސިއާގެ ދަށުން ހިތާނުކުރުން
- އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ތަކެއްޗާއި ބޭސް
- އޮޕަރޭޝަނަށްފަހު ޑޭކެއާގައި މޮނިޓާ ކުރުން
- ފޮލޯއަޕް ކޮންސަލްޓޭޝަން
- އޮޕަރޭޝަނަށްފަހު ލުއި ކެއުން
- ހާއްސަ އަގެއްގައި ޕްރައިވެޓް ރޫމަށް އަޕްގްރޭޑް ކުރުމުގެ ފުރުސަތު
އެ ކޭމްޕުގައި ހިދުމަތްދިނުމަށް ހަމަޖެހިފައިވަނީ އޮޕަރޭޝަން ފަރުވާއަށް ހާއްސަވެފައިވާ ޑޮކްޓަރުންނާއި، ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުން ހިމެނޭގޮތަށް ތަޖުރިބާކާރު މެޑިކަލް ޓީމެކެވެ. އެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުންނަކީ ޑރ. މޫމިން، ޑރ. އުކްތަމް، ޑރ. ހުސެއިން، ޑރ. ޝަރީފް، ޑރ. އޯޑަރ އަދި ޑރ. އުބައިދެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެންމެ މަތީ ފެންވަރުގެ ފަރުވާ ކަށަވަރުކުރުމަށްޓަކައި، އޮޕަރޭޝަންތައް ހިންގާނީ ކުދިންނަށް ހިތްހަމަޖެހޭނެ ގޮތަށް ހާއްސަކޮށްފައިވާ މާހައުލެއްގައި ކަމަށާއި އެ ކޭމްޕަކީ ބެލެނިވެރިންނަށް އިތުބާރު ކުރެވޭނެ އަދި ކުދިންނަށް ފަސޭހަ ތަޖުރިބާއެއް ލިބިގެންދާނެ ޕްރޮގްރާމެއް ކަމަށެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ފަރުވާތަކުގެ ހިދުމަތްތަކާއެކު، އެ ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.
އިތުރު މައުލޫމާތު ހޯދުމަށް 3351610 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް