ހޮންކޮންގެ އިމާރާތެއްގައި ރޯވެ މަރުވި މީހުންގެ އަދަދު 13 އަށް އަރައިފިއެވެ.
ހޮންކޮންގެ ޓާއޯ ޕޯ ޑިސްޓްރިކްޓުގައި ހުންނަ އެޕާޓްމަންޓް ބިލްޑިންގައި އިއްޔެ ރޯވި އަލިފާންގަނޑު މުޅި އިމާރާތަށް ފެތުރި ގިނަ ބަޔަކު ވަނީ އިމާރާތުގެ ތެރޭގައި ތާށިވެފައެވެ.
ރިޕޯޓުތައް ބުނާގޮތުން މިހާތަނަށް 13 މީހުން މަރުވެފައިވާއިރު 15 މީހަކަށް އެކިވަރުގެ އަނިޔާވެގެން ފަރުވާ ދެމުން ދެއެވެ.
4600 މީހުން ދިރިއުޅޭ ކަމަށް ބެލެވޭ އެއިމާރާތުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް 700 އަށްވުރެ ގިނަ ފަޔާފައިޓަރުން ހަރަކާތްތެރިވަމުން ދާކަމަށް ރިޕޯޓުތައް ބުނެއެވެ. އޮފިޝަލުން ވަނީ މަރުވި މީހުންގެ ތެރޭގައި ފަޔާފައިޓަރެއްވެސް ހިމެނޭ ކަމަށެވެ.
އަލިފާން ރޯވި އިރު ގިނަ އަދަދެއްގެ ބަޔަކު އިމާރާތްތެރޭގައި ތިބި ކަމަށާއި އޭގެތެރެއިން އިމާރާތުގައި ތާށިވެފައިވަނީ ކިތައް މީހުން ކަމެއް ޔަގީން ނުވާކަމަށް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ވަނީ ރޯވި އަލުފާނުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ދިނުމަށް ހޮންގޮންގްގެ އާންމުންގެ ފަރާތުން އެހީތެރިކަން ލިބެމުން އަންނަކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ