ދިވެހިން ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ދާންޖެހެނީ، ދީލަތިވުމާއި ބަލިތައް ގިނަ ވުމުގެ އިތުރުން ބައެއް ބަލިތަކުގެ ފަރުވާ ލިބެން ނެތުމުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ޒާހިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ބޭސްފަރުވާ ހޯދުމަށްޓަަކައި ރާއްޖޭން ބެރަށް ދަތުރުކުރާ ދިވެހިންގެ އަދަދު އަދިވެސް ވަރަށް ގިނަކަން ފާހަގަ ކުރައްވައި މެންބަރު، މިނިސްޓަރާ ސުވާލު ކުރެއްވީ އެކަން މަދުކުރުމަށްޓަކައި މިނިސްޓްރީއަށް ހުރި ގޮންޖެހުންތަކާ ބެހޭގޮތުންނެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، އަދިވެސް ވަރަށްގިނަ ރައްޔިތުން ބޭސް ފާރުވާއަށް ރާއްޖޭން ބޭރަށް ދާންޖެހޭ ހާލަތްތައް އަންނަ ކަމަށެވެ.
"އަޅުގަނޑުމެންނަށް، މިނސިްޓްރީއަށް ވަކި ސްޕެސިފިކް މިވެނި އޭ ގޮންޖެހުމަކީ އެ އެއްނެތް ނަމަވެސް އަޅުގަޑުމެންނާއި ގާނޫނުތައް ހައްދަވާ ބޭފުޅުންނާއި ގާނޫނު ތަންފީޒު ކުރައްވާ ބޭފުޅުންނާ މީގެ އެޑްވޮކޭޓުންނާއި އެންޖީއޯސްތަކާ މި އެންމެން ގުޅިގެން ބަލިތަކުން ދުރުވެތިބުމަށް، ހާއްސަކޮށް ކެންސަރުބަލި ފަދަ ބޮޑެތި ބަލިތަކުން ދުރުވެ ތިބުމަށް އަޅުގަނޑުމެންޖެހޭ މަސައްކަތް ކުރަން، އެ މަސައްކަތް ރަނގަޅު ގޮތުގައި ކުރެވިގެން އަޅުގަނޑުމެންނަށް މިފަދަ ބޭރަށް ދާމީހުން މަދު ކުރެވި މީގެ ލުއިކަން ރައްޔިތުންނަށް ހޯއްދަވައިދެއްވޭނީ،"
މިނިސްޓަރު ވިދާޅުވީ، އެގޮތަށް މީހުން ބޭރަށް ދިއުމަކީ މުޅި ނިޒާމުގެ ވެސް ހުރި ކަންބޮޑުވުމެއް ކަމަށެވެ.
"މީހުން ބޭރަށް ދެވޭ އެއް ސަބަބަކީ ދީލަތިވުން، އަނެއް ސަބަބަކީ ބަލިތައް ގިނަވެގެންދިއުން، ބައެއް ބަލިތަކުގެ ފަރުވާ ލިބެންނެތުން،"
އެ ދާއިރާތަކުން މަސައްކަތް ކުރުމުން އެކަން ހައްލު ކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް