ފެނަކަ ކޯޕަރޭޝަނުން ކަނޑައެޅުމަށް ހަމަޖެހިފައިވާ އާ ޕްރޮކިއުމަންޓު ޕޮލިސީއާއެކު އެތަނުގައި ހިނގާ ކޮރަޕްޝަންގެ މައްސަލަތައް ހައްލު ކުރެވޭނެ ކަމަށް، އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު ވިދާޅުވެއްޖެއެވެ.
ނަޖާހު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓު އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ނަޖާހު ވިދާޅުވީ، އެތަނުން އެކުލަވާލާ އާ ޕްރޮކިއުމަންޓު ޕޮލިސީއަށް އަންނަ ޖެނުއަރީ މަހު އަމަލުކުރަން ފަށާނެ ކަމަށެވެ.
މިދިޔަ ސަރުކާރުން ފެނަކައަށް ބޮޑެތި އިހުމާލުތަކެއް ވެފައިވާކަން ފާހަގަކުރައްވައި ނަޖާހު ވިދާޅުވީ، އެ ކަންކަން ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.
އެގޮތުން އެ ކުންފުނީގެ ޕްރޮކިއުމަންޓު ޕޮލިސީ، ޕީސީބީގެ ޕޮލިސީއާ ފުށުއަރާ ކަމަށާއި ޕްރޮކިއުމެންޓް ޕޮލިސީ އިސްލާހުކުރަން ޖެހުނީ އެކަމުގެ ސަބަބުން ކަމަށްވެސް ވިދާޅުވިއެވެ.
"ޖެނުއަރީ އެކަކުން ފެށިގެން ކުރިއަށްގެންދާނީ އާ ޕޮލިސީ، އޭގެ ޑްރާފްޓު ނިންމައި ބޯޑަށް ހުށަހަޅަން ތައްޔާރުވެފައިވަނީ، ދެން ބޯޑުން ދޭނެ ލަފާ. ފައިނަލް ޑްރާފްޓަކަށް ތާޑް ޕާޓީއަކަށް ފޮނުވައިގެން އަނެއްކާ ރިވިއުކުރާނީ. އަޅުގަނޑުމެން އަމިއްލައަށް ރިވިއު ކުރުމަކީ ރަނގަޅު ގޮތެއް ނޫން" އޭނާ ވިދާޅުވިއެވެ.
އާ ޕްރޮކިއުމަންޓު ޕޮލިސީއަށް މުވައްޒަފުން އަހުލުވެރިކުރުވުމަށް ޓްރެއިނިންތައް ކުރިއަށްގެންދާނެ ކަމަށާއި، އާ ޕޮލިސީއާއެކު ޒިންމާދާރު ކުރެވޭނީ ޕްރޮކިއުމަންޓުގެ ލިޔެކިޔުންތަކުގައި ސޮއިކުރާ މީހާ އެކަނި ނޫންކަމަށްވެސްް ނަޖާހު ވިދާޅުވިއެވެ. އެގޮތުން މަސައްކަތުގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވި އެންމެން ޒިންމާދާރު ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
އާ ޕޮލިސީ ތަންފީޒު ވެގެންދާއިރު ޕްރޮކިއުމަންޓު ކޮމިޓީއެއް އުފެދިގެންދާނެ ކަމަށާއި ބޮޑެތި ޕްރޮކިއުމަންޓުގެ ކަންކަން ކުރިއަށްގެންދާ އިރު، ޓެކްނިކަލް ކަންކަންވެސް އެކަމަށް ހާއްސަކުރެވިފައިވާ ފަރާތްތަކުން ބަރާބަރަށް ބަލަމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ފެނަކަ ކޯޕަރޭޝަން
ފެނަކަ ކޯޕަރޭޝަން
ތިޔައީވާރެފެންތަ
އިއްބެ - 7 މަސް ކުރިން
އެއްކަމެއްވެސް ނުވާނެ. ކުރާނީ ވައްކަން
ޙަޑަ - 7 މަސް ކުރިން