ހިޒްބުﷲގެ ޗީފް ޝަހީދުކޮށްލައިފިކަމަށް އިސްރާއީލުން ބުނެފިއެވެ.
އިސްރާއީލުން އިއްޔެ ވަނީ އިއްޔެ ލުބުނާނުގެ ބޭރޫތުގެ ދެކުނު ސަރަހައްދަށް ދިން ހަމަލާގައި ހިޒްބުﷲގެ ޗީފް ހައިތަމް އަލީ ތަބާތަބައީ ޝަހީދުކޮށްލާފައިވާކަމަށް ބުނެ އެކްސްގައި ޕޯސްޓެއް ކޮށްފައެެވެ.
އިސްރާއީލުގެ ޑިފެންސް ފޯހުން ކުރި ޕޯސްޓުގައި ވަނީ ހިޒްބުﷲގެ ޗީފް ތަބާތަބައީ އަކީ 1980 އިން ފެށިގެން ސީރިއާގައި އޮންނަ ރަދްވާން ފޯސްގެ ކޮމާންޑަރު ކަމަށް ވެސް ފާހަގަކޮށްފައެވެ.
އިސްރާއީލުގެ ސިފައިން ލުބުނާނުގެ ދެކުނު ހަރެތް ހިރެކް ސަރަހައްދަށް ދިން ހަމަލާގައި ފަސް މީހަކު މަރުވެފައިވާކަމަށާއި 28 މީހަކަށް އަނިޔާވެގެން ފަރުވާ ދީފައިވާކަމަށް ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.
އޭއެފްޕީން ވަނީ އިސްރާއީލުން ދިން ހަމަލާ އަމާޒުކޮށްފައިވަނީ ހަ ފަންގިފިލާގެ އިމާރާތެއްގެ ހަތަރުވަނަ ފަންގި ފިލައަށް ކަމަށް ބުނެފައެވެ. މި ހަމަލާގައި އެ އިމާރާތަށް ތިން މިސައިލު އަރާފައިވާކަމަށްވެސް އެނޫހުން ބުނެއެވެ.
ހިސްބުﷲގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ވަނީ ވަނީ ޗީފަށް ހަމަލާ އަމާޒު ކުރިކަމަށް ބުނެފައެވެ. ނަމަވެސް އެ ހަމަލާގައި ޗީފް ޝަހީދުވެފައިވާކަަމަށް ބުނެފައެއްް ނުވެއެވެ.
މުހައްމަދު އައުޒަމް
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ