މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭ، ބޯންމެރޯ ހަދައިދިނުމަށް ޒަކާތު ފަންޑުން 24 މީހަކަށް އެހީދީ، 12.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ތަފާސްހިިސާބުތަކުން ދައްކައިފިއެވެ.
ތެލެސީމިއާ ހުންނަ ފަރާތްތަކަށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ ގޮތް ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އެންސްޕާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ޖުމުލަ 24 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ އިރު، އެއީ 12،668،877.8 (12.6 މިލިއަން ރުފިޔާ) އެވެ.
އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުން 2023 ގައި ފަސް މީހަކަށް 3،851،946.62 (3.8 މިލިއަން) ރުފިޔާ، 2024 ގައި ނުވަ ފަރާތަކަށް 7،303،110.34 (7.3 މިލިއަން) ރުފިޔާ އަދި މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ދިހަ މީހަކަށް 1،513،821.06 (1.5 މިލިއަން) ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ތެލެސީމިއާގެ ފަރުވާ ހޯދާ ކުދިންނަށް މި ސަރުކާރުން ހާއްސަ އަހައްމިއްޔަތުކަމެއް ދޭނެ ކަމަށް ރައީސް ޑރ. މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެއެވެ. އެގޮތުން ތެލެސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ގާއިމުކުރުމުގެ އިތުރުން ތެލެސީމިއާ ކުދިންނަށް އަންނަ ޖެނުއަރީ މަހުން ފެށިގެން 1000 ރުފިޔާގެ އެލެވަންސެއް ދިނުމަށް ވެސް ރައީސް ވަނީ ނިންމަވައިފައެވެ.
ފާތިމަތު ލިއުޝާ
އެންސްޕާ
އެންސްޕާ
އެންސްޕާ
އެންސްޕާ