ރާއްޖޭގައި ފަގީރު ހާލަތުގައި އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް 17 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ އެހީ ހަމަޖައްސާފައިވާ ކަމަށް އެންސްޕާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން އިއްޔެ ހިއްސާކުރި މިދިޔަ މަހުގެ ތަފާސްހިސާބުތަކުން 3،313 މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ފޯރުކޮށްދީފައިވާ އިރު، މާލީ އެހީ ފޯރުކޮށްދޭ 5،687 ކުޑަކުދިން ހިމެނެއެވެ.
މިދިޔަ މަހު އެހީ ބޭނުންވެގެން މުޅިން އަލަށް 112 މައިން ނުވަތަ ބަފައިން ރަޖިސްޓްރީވެފައިވެއެވެ. އަލަށް ރަޖިސްޓްރީކޮށްފައި ވަނީ 207 ކުއްޖެވެ. އެ ފަރާތްތަކަށް މިދިޔަ މަހު އެންސްޕާއިން، 17،061،000 ރުފިޔާ ހަރަދުކޮށްފައިވެއެވެ.
ފަަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް އެންސްޕާއިން ދޭ މާލީ އެހީގެ ގޮތުގައި ފަގީރު ހާލަތުގައި ދިރިއުޅޭ 659 ފަރާތަކަށް ކާބޯތަކެތި ގަތުމަށް އެހީތެރިވެފައިވެއެވެ. އެކަމަށް 26،360 ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ފަގީރު ހާލަތުގައި ދިިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތްތަކަށް މިދިޔަ މަހު 98 ބެލެނިވެރިއަކަށް އެހީ ދިންއިރު 132 ކުދިން ހިމެނެއެވެ. އެކަމަށް 181،000 ރުފިޔާ ހަރަދު ކޮށްފައިވެއެވެ.
އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނަށް މާލީ އެހީދިނުމާ ބެހޭ ގަވާއިދަށް 2025 ވަނަ އަހަރު ގެނައި އިސްލާހާ އެކު ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް 3,000 ރުފިޔާގެ މަގުން މާލީ އެހީ ލިބޭނެއެވެ.
އެއާއެކު ހަތަރު ކުދިން ތިބި ފަރާތްތަކަށް 12،000 ރުފިޔާއާ ހަމައަށް އެހީތެރިކަން ލިބޭނެއެވެ. ގަވާއިދަށް ގެނައި އިސްލާހާއެކު، އެކަނިވެރި މައިން ނުވަތަ ބަފައިންނަށް އަހަރެއްގެ ތެރޭގައި ލިބޭނީ 144،00 ރުފިޔާއެވެ.
ފާތިމަތު ލިއުޝާ
އެންސްޕާ
އެންސްޕާ
އެންސްޕާ
ކޮމެންޓް