ޓައިވާންގެ ވައިގެ ދިފާއީ ނިޒާމު ވަރުގަދަކުރަން އެމެރިކާއިން 700 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފިއެވެ.

އެމެރިކާއިން ބުނީ އެޑްވާންސް މިސައިލުތައް ހިމެނޭ 700 މިލިއަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ޕެކޭޖެއް ޓައިވާނަށް ވިއްކުމަށް ނިންމައި އެކަމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެމެރިކާއިން ޓައިވާނަށް ވިއްކުމަށް ހަމަޖެހިފައިވާ ހަތިޔާރުތަކަކީ ޔޫކްރޭނުގައި ޓެސްޓުކޮށްފައިވާ ކާމިޔާބު ސިސްޓަމެއް ކަމަށް އޮފިޝަލުން ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެމެރިކާއިން 700 މިލިއަން ޑޮލަރުގެ ހަތިޔާރު ޓައިވާނަށް ވިއްކަން ނިންމާފައިވާ އިރު، މި ހަފުތާގެ ކުރީކޮޅުވެސް އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކުމުގެ ޑީލެއް ވަނީ ހަދައިފައެވެ. އެހެންކަމުން އެމެރިކާއިން ހަފުތާއެއް ތެރޭ ޓައިވާނަށް އެއް ބިލިއަން އެމެރިކާ ޑޮލަރުގެ ހަތިޔާރު ވިއްކާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އިންޑޯ ޕެސިފިކް ގައުމުތަކުގެ ތެރެއިން ވައިގެ ދިފާއީ ނިޒާމު ބޭނުންކުރަނީ އޮސްޓްރޭލިއާގެ އިތުރުން އިންޑޮނޭޝިއާގައެވެ.

އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކަން ފަށާފައިވާ އިރު، ޓައިވާނާއި ޖައިނާއާ ދެމެދު ވަނީ މަޝްރަހު ގޯސްވެ ހަނގުރާމައެއް ފެށިދާނެ ފަދަ ދަނޑިވަޅަކަށް ކަންކަން ގޮސްފައެވެ.