އިންޑިއާގެ ދިއްލީގައި ބޮންގޮއްވި ހާދިސާއާ ގުޅިގެން ހައްޔަރުކުރި ޑރ. ޕަރްވޭޒް އަހުމަދު، ރާއްޖޭގައި މަސައްކަތްކުރި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ކާރޫބާރޫ ބޮޑު ރެޑް ފޯޓް ސަރަހައްދުގައި މިމަހުގެ 10 ވަނަ ދުވަހު ކާރެއް ގޮއްވާލައިގެން ދިން ހަމަލާގައި ގިނަބަޔަކު މަރުވެފައިވާ އިރު، އިންޑިއާގެ ފުލުހުން ވަނީ އެ ހަމަލާގެ ތަހުގީގު ފުޅާކޮށްފައެވެ.
އިކޮނޮމިކްސް ޓައިމްސް އިން މިއަދު ރިޕޯޓުކޮށްފައިވާ ގޮތުން އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ފަރްވޭޒް އަހުމަދު ވަނީ 2016 ވަނަ އަހަރު ރާއްޖެ އައިސް، ޕްރައިވެޓް ސެކްޓާގައި ހިމެނޭ ހޮސްޕިޓަލެއް ނުވަތަ ކުލިނިކެއްގައި މަސައްކަތްކޮށްފައެވެ. އިކޮނޮމިކް ޓައިމްސްއިން އެންޓި ޓެރަރިޒަމް ސޮކްޑް (އޭޓީއެސް)އާ ހަވާލާދީ ބުނީ ފަރްވޭޒް އަހުމަދު ރާއްޖޭގައި މަސައްކަތްކުރިއިރު ހަރުކަށި ފިކުރުގެ މީހުންނާ ނުވަތަ ހަރުކަށި ފިކުރު ގްރޫޕުތަކަށް މީހުން ރެކްރޫޓުކުރާ ފަރާތްތަކާ ބައްދަލުކުރިތޯ އޭޓީއެސްއިން ބަލަމުންދާ ކަމަށެވެ.
އަދި ޕަރްވޭޒް މުހައްމަދު ރާއްޖޭގައި މަސައްކަތްކުރި އަހަރުތަކުގެ ބޭންކު ސްޓޭޓްމެންޓުތަކާއި އެހެނިހެން ޑޮކިއުމެންޓްސްއަކީ މައްސަލައިގެ ތަހުގީގަށް މުހިންމު ތަކެތި ކަމަށް އޭޓީއެސްއިން ފާހަގަކޮށްފައިވާކަމަށް އިކޮނޮމިކްސް ޓައިމްސްއިން ރިޕޯޓުކޮށްފައިވެއެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ