ފާޓިލިޓީ ކެއާ ފަންޑް މެދުވެރިކޮށް މިއަހަރު އައިވީއެފް ފަރުވާގެ ހަރަދުކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެެޖެންސީ (އެންސްޕާ) އިން ހުޅުވާލައިފިއެވެ.

އެންސްޕާއިން އިއްޔެ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މިއަހަރު އައިވީއެފްގެ ފަރުވާއަށް އެހީ ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވަނީ، އެންމެ މަތިން ޕޮއިންޓް ލިބޭ 50 ދެމަފިރިންނަށް ކަމަށެވެ.

އައިވީއެފްގެ ފަރުވާގެ ހަރަދުކުރުމަށް ދަތިވާ ފަރާތްތަކުން https://one.gov.mv ޕޯޓަލް މެދުވެރިކޮށް އެހީ އެދި ހުށަހެޅެން ހުންނާނެ ކަމަށާއި ފޯމު ހުށަހެޅުމަށް ހުޅުވާލާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިފެން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެންސްޕާއިން ބުންޏެވެ.

އައިޔޫއައި އަދި އައިވީއެފްގެ ފަރުވާތައް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު (https://www.nspa.gov.mv/dh/wp-content/uploads/2025/11/IVF-and-IUI-usool_2nd-edition.pdf) ގައި ބަޔާންކޮށްފައިވާނެކަމަށް އެންސްޕާއިން ބުންޏެވެ.