ރައްޔިތުންގެ މަޖިލިސްގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އާއި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (214 ކޮމިޓީ)ގެ މުގައްރިރު އަދި މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް މާލޭ ވިޔަފާރި ބަދަރަށް ޒިޔާރަތް ކުރައްވައި އެ ބަނދަރުގެ މައުލޫމާތު އޮޅުން ފިލުވައިފިއެވެ.

އެ ދެބޭފުޅުން، މޯލްޑީވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް ވަޑައިގެން ބަނދަރުގެ މައުލޫމާތު އޮޅުން ފިލުއްވީ، ވިޔަފާރި ބަނދަރުގައި ކޮންޓޭނާ ބެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކާބެހޭ މައުލޫމާތު އޮޅުން ފިލުވުމަށް އެމްޕީއެލް އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިސް ބޭފުޅުން ބަޖެޓް ކޮމިޓީއަށް ހާޒިރުކޮށް އެ މައުލޫމާތު އޮޅުން ފިލުއްވުމަށްފަހުގައެވެ.

އެމްޕީއެލް އިން ބުނީ އެ ދެބޭފުޅުން މާލޭ ވިޔަފާރި ބަނދަރު ސަރަހައްދަށް ވަޑައިގެން އެމްޕީއެލްގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު އޮޅުން ފިލުއްވި ކަމަށެވެ.

އެ ދެބޭފުޅުންނަށް މައުލޫމާތު ދެއްވީ އެމްޕީއެލްގެ ސީސީއޯ މުހައްމަދު ރިޝްވާން އާއި ކުންފުނީގެ މެނޭޖްމަންޓްގެ އިސްބޭފުޅުން ކަަމަށް އެމްޕީއެލްއިން ބުންޏެވެ.