ޔޫރޯ 2028 ވަނަ އަހަރުގެ ފުރަތަމަ މެޗު ކާޑިފްގައި ބާއްވަން އިއުލާނުކޮށްފައިވާ އިރު، ފައިނަލް މެޗު ބާއްވަން އިނގިރޭސި ތާރީހީ ސްޓޭޑިއަމް ވެމްބްލީ ހަމަޖައްސައިފިއެވެ.

ކުރިއަށް އޮތް ޔޫރޯ މުބާރާތް ހޯސްޓް ކުރުމަށް ހަމަޖައްސާފައި ވަނީ އިންގްލެންޑް، ސްކޮޓްލޭންޑް، ވޭލްސް އަދި އަޔަލޭންޑެވެ. އެ މުބާރާތުގައި 51 މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު، 24 ގައުމަކުން ވާދަކުރާނެއެވެ. މިފަހަރުގެ މުބާރާތް އަށް ސިޓީއެއްގެ ނުވަ ސްޓޭޑިއަމެއްގައި ބާއްވާ އިރު، އެ ސިޓީތަކަކީ ބާމިންހަމްއާއި ޑަބްލިން، ގްލަސްގޯ، ލިވަޕޫލް، މެންޗެސްޓާ އަދި ނިއުކާސަލްއެވެ.

ޔޫރޯ 2028 ގެ ސެމީ ފައިނަލް ދެމެޗާއި ކުއާޓާ ފައިނަލް އެއް މެޗުވެސް ވެމްބްލީ ގައި ބާއްވަން ނިންމާފައިވެއެވެ.

ޔޫރޯގެ ފައިނަލް އޮންނާނެ ސްޓޭޑިއަމް އިއުލާނުކުރުމަށް ބޭއްވި ޕްރެސްގައި ޔޫއެފާ ރައީސް އެލެކްސެންޑާ ޗެފެރިން ވިދާޅުވީ ޔޫރޯއަކީ ފުޓުބޯޅައިގެ ވާހކަ އަޑުހަރުކޮށް ދައްކާނެ މުބާރާތެއް ކަމަށެވެ. އަދި ޔޫރޯއަށް މިލިއަނުން ސަޕޯޓަރުން ޖަމާވާނެ ކަމަށްވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، އިނގިރޭސިވިލާތަށް ޔޫރޯގެ ސަބަބުން 3.6 ބިލިއަން ޕައުންޑްގެ އިގުތިސާދީ ފައިދާ ކުރާނެ ކަމަށެވެ. އޭގެ ތެރޭގައި އިނގިރޭސވިލާތާއި އަޔަލޭންޑްގެ ވަޒީފާގެ ފުރުސަތު އިތުރުވެ، ސަރަހައްދީ ކުރިއެރުމަށް ޔޫރޯއިން އެހީވެދޭނެ ކަމަށްވެސް ތަފާސްހިސާބުތައް ބުނެއެވެ.

ޔޫރޯ 2028 އިނގިރޭސި ގައުމުތަކުގައި ހޯސްޓް ކުރި ނަމަވެސް، އޮޓޮމެޓިކް ކޮލިފިކޭޝަން ލިބެނީ އެންމެ ދެ ގައުމަށެވެ. އެއީ ކޮން ދެގައުމަކަށް ކަމެއް އަދި ޔޫއެފާއިން އިއުލާނެއް ނުކުރެއެވެ. ވޭލްސްއާއި އިންގްލެންޑް، އަޔަލޭންޑާއި ސްކޮޓްލޭންޑް އަދި ވޭލްސްވެސް ދަނީ ކޮލިފިކޭޝަންގައި ވާދަކުރުމަށް ތައްޔާރުވަމުންނެވެ.