އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) އަހްމަދު ޝިފާނަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް މައްސަލަތަކެއް ހުށަހަޅައިފިއެވެ.
މި މައްސަލަތަކާ ބެހޭ ގޮތުން ވިސްލްބްލޯވަރުން ތަކެއް ކޮމިޓީއަށް ފޮނުވި ސިޓީގައި، ފުލުހުންގެ އަންހެން މުވަައްޒަފުންނާ އެކު ނަހަމަ ގުޅުންތަކެއް ބާއްވައި ބައެއް މީހުންނާ އެކު ގަދަކަމުން ބަދަލުއަހުލާހީ އަމަލުތަކެއް ހިންގުމާއި ކޮރަޕަޝަންގެ ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.
އެގޮތުން ގާނޫނާ ހިލާފަށާއި ފުލުހުންގެ ސުލޫކީ މިންގަނޑުތަކާ ހިލާފަށް ކޮށްފައިވާ ގިނަ އަމަލުތަކަކާއި އޭނާ ހިންގި ކަމަށް ބުނާ ބަދުއަހުލާތީ އަމަލުތަކެއް ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ޖިންސީ ފުރައްސާރައިގެ މައްސަލަަތަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މުވައްޒަފުންނާ މެދު ތަފާތުކޮށް ކަންތައްތައް ކުރުމުގެ މައްސަލަތައް ވެސް ހިމެނެއެވެ.
މީގެ އިތުރުން މިދިޔަ މާޗު މަސް ތެރޭ ގަވައިދާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓް އެތެެރެ ކުރި މައްސަލައަކާ ގުޅިގެން ފުލުހަކު ހައްޔަރުކޮށްފައި ވަނިކޮށް، އެކަމާ ގުޅުމެއް ނެތް ޑެޕިއުޓީ ކޮމިޝަނަރަކާއި އެސިސްޓެންޓް ކޮމިޝަނަރަކު އެ ކުށުގައި ބައިވެރިވި ކަމަށް ދެއްކުމަށް އެ ދެ އޮފިސަރުން ފްރޭމް ކުރުމަށް ޝިފާން މަސައްކަތްކޮށްފައިވާ ކމަށްވެސް އެ ސިޓީގައި ވަނީ ތުހުމަތުކޮށްފައެވެ.
އިބްރާހިމް ޒަކީ
ދަނޑުވެރިން
ހެލްތު މިނިސްޓަރު ގީލާ އަލީ
އިރާނު-އިޒްރޭލު ހަނގުރާމަ
ހޮލީވުޑް