އެމެރިކާގެ ނިއު ޔޯކް ސިޓީގެ މޭޔަރުކަން ފުރަތަމަ ފަހަރަށް މުސްލިމަކު ކާމިޔާބުކޮށްފިއެވެ.
އެމެރިކާގެ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ވާދަކޮށް، އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަޕްމްގެ ފިއްތުންތަކާ ދެކޮޅަށް ފާޅުގައި ނުކުމެ ކުރި ކެމްޕޭނަށްފަހު، ނިއު ޔޯކް ސިޓީގެ މޭޔަރުކަން ކާމިޔާބުކޮށްފައިވަނީ އިންޑިއާ ދަރިކޮޅުގެ މުސްލިމެއް ކަމުގައިވާ ޒަހްރާމް މަމްދާނީ 34އ އެވެ.
ނިއުޔޯކް ޓައިމްސް އިން ރިޕޯޓުކުރަމުންދާ އިންތިހާބުގެ ނަތީޖާތައް ދައްކާގޮތުން ވޯޓު ދިން ދެ މިލިއަން މީހުންގެ 50 ޕަސެންޓު ވޯޓު ދީފައިވަނީ، މަމްދާނީ، އަށެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ހޯދީ ކުރީގެ މޭޔަރު އެންޑްރޫ ކުއޯމޯ އެވެ.
މަމްދާނީ އަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކޮށްދިނުމަށް ވަކާލާތު ކުރައްވާާ އެ ގައުމުގެ ހައްގުތައް ހިމާޔަތްކުރުމަށް ވަރަށް ބޮޑަށް ވަކާލާތުކުރައްވާ ބޭފުޅެކެވެ. އަދި އެމެރިކާގެ ބައިވެރިއެއްކަމުގައިވާ އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް، އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށްވެސް އޭނާ އަޑުއުފުއްލެވިއެވެ.
މަމްދާނީގެ މަގުބޫލުކަމާއި ފާޅުކަން ބޮޑު ކެމްޕޭނުގެ ސަބަބުން އެމެރިކާގެ ރައީސް ޓްރަމްޕު ވަނީ ފާޅުގައި އޭނާއާ ދެކޮޅަށް ކެމްޕޭންކުރައްވައި މަމްދާނީ ހޮވިއްޖެނަމަ ނިއު ޔޯކަށް މާލީގޮތުން ދަތިކުރާނެ ކަމުގެ އިންޒާރުތައްވެސް ދެއްވައިފައެވެ. އަދި އިމިގްރެންޓުންނަށް ދަތިކުރާނެކަމަށްވެސް ވިދާޅުވެފައެވެ.
ޓްރަމްޕްގެ އިންޒާރުތަކަށް މަމްދާނީ ރައްދު ދެއްވަމުން ވިދާޅުވެފައިވަނީ، ނިއު ޔޯކް ސިޓީއަކީ އިމިގްރެންޓުންގެ ސިޓީއެއް ކަމަށެވެ.
އަލީ ޔާމިން
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ