ރާއްޖެއާއި އެމެރިކާއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ކުރިއަރުވައި ފުޅާކުރުމަށް އެ ގައުމުގެ ވިޔަފާރިންނާއެކު ދިވެހި ސަރުކާރުން މަޝްވަރާކޮށްފިއެވެ.

އެ މަޝްވަރާތައް ކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އެމެރިކާގެ ޗެމްބާ އޮފް ކޮމާސް އިން އިންތިޒާމު ކޮށްގެން ކޯޕަރޭޓް ދާއިރާގެ މަންދޫބުންނާއެކު ބޭއްވި އިންވެސްޓްމަންޓް ރައުންޑް ޓޭބަލްގައެވެ.

ނަމަވެސް އެ ބައްދަލުވުމުގެ މާބޮޑު ތަފުސީލެއް އިކޮނޮމިކް މިނިސްޓްރީއަކުން ހިއްސާކޮށްފައެއް ނުވެއެވެ.

މިނިސްޓަރު ސައީދުގެ އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރަކީ ރާއްޖެއާއި އެމެރިކާއާ ދެމެދު އޮންނަ ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ގުޅުން ފުޅާކުރުމަށް ކުރައްވާ ދަތުރެކެވެ.