އިސްރާއީލުގެ ޖަލުގައި އަނިޔާކުރާ ވީޑިއޯ ލީކުކުރި މީހާ ހައްޔަރުކޮށްފިއެވެ.
އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ އާންމުންނަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ ލީކުކޮށްފައިވަނީ އިސްރާއީލުގެ ކުރީގެ އިސް ގާނޫނީ ވަކީލު މޭޖާ ޖެނެރަލް ޔިފަތް ޓޯމާ ޔެރުޝަލްމީ ކަމަށް އޮފިޝަލުން ބުނެއެވެ.
ވީޑިއޯ ލީކުވުމާއެކު އޭނާ ވަނީ އިސްރާއީލުގެ މިލިޓަރީގެ މިލިޓަރީ އެޑްވޮކޭޓް ޖެނަރަލްގެ މަގާމުން އިސްތިއުފާވެސް ދީފައެވެ. އަދި ވީޑިއޯ ލީކުވީ މައްސަލައިގެ ފުރިހަމަ ޒިންމާ ނަގާކަމަށް އޭނާ ވަނީ ބުނެފައެވެ.
ވީޑިއޯ މައްސަަލައިގައި ޔެރުޝަލްމީ އިސްތިއުފާދިން ފަހުން ގެއްލިފައިވާ ކަމަށް އިސްރާއީލުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވީ ނަމަވެސް އެގައުމުގެ ފުލުހުން ވަނީ އޭނާ ހޯދައި ހައްޔަރުކޮށްފައެވެ.
އިސްރާއީލުގެ ޖަލުގައި ހުރި ފަލަސްތީނުގެ މީހެއް ވަށާލައި އިސްރާއީލުގެ ސިފައިން ދިން އަނިޔާ އާއި އެމީހާގެ ގަޔަށް ތޫނު އެއްޗަކުން ދިން ހަމަލާ ވީޑިއޯ އިން ފެންނަ ކަމަށް އޮފިޝަލުން ބުނެއެވެ.
އިސްރާއީލުގެ ސަރުކާރުން ވަނީ ވީޑިއޯ ލީކުވީ މައްސަލަ ޖިނާއީ މައްސަލައެެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ބުނެފައިވެއެވެ.
އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ ވީޑިއޯގެ ސަބަބުން އިސްރާއީލުގެ ޑިފެންސް އުފެދުނުފަހުން އާންމުންގެ ނުރުހުން ފާޅުވާނެ ވީޑިއޯއެއް ކަމަށް ބުނެފައެވެ.
އިސްރާއީލުގެ ފުލުހުން ބުނީ ވީޑިއޯ ލީކުވީ މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މުހައްމަދު އައުޒަމް
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު