މޯލްޑިވްސް ނޭޝަނަލް ސާވިސް، ގައުމީ ވަތަނީ ހިދުމަތް ޕްރޮގްރާމުގެ ދަށުން އަންނަ އަހަރު 1،000 ކުދިން ތަމްރީނުކުރަން ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޒުވާނުންގެ ތެރެއިން ގައުމީ ހިދުމަތުގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް ފުރުސަތު ހުޅުވާލުމުން، އެ ޒުވާނުންގެ އާއިލާތަކުންނާއި ބެެލެނިވެރިން އެއީ މުހިންމު ކަމެއް ކަމަށް ދެކި، އެ ޕްރޮގްރާމަށް އިތުބާރުކުރި ކަމަށެވެ. ރައީސް ވިދާޅުވީ އެ އިތުބާރުގެ ނަތީޖާއަކަށް ވެގެންދިޔައީ ޖާގައޮތް މިންވަރަށްވުރެ ހަތަރު ގުނަ އިތުރަށް ޕްރޮގްރާމަށް ކުރިމަތިލުން ކަމަށް ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ މި ފެށޭ އަހަރު މީގެ ތިންގުނަ ނޫނީ ހަތަރުގުނައަށް އަޅުގަނޑުމެން ކުރިންވެސް ކަނޑައަޅާފައިވާ ގޮތަށް، ގާތްގަނޑަކަށް 1،000 އިތުރު ކުދިން ތަމްރީނު ކުރަން ފެށޭނެ. ހަަމަ އެގޮތަށް ދެން އޮތް ކޮންމެ އަހަރަކު މަދުވެގެން 1،000 ކުދިން އަޅުގަނޑުމެން ތަމްރީނުކުރަމުންދާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް އެމްއެންޑީއެޕްގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށާއި އަދި އެކަމުގެ ބައިވެރިވާ ހުރިހާ ފަރާތްތަކުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވާ ކަމަށެވެ.
ގައުމު ދެކެ ލޯބިވާ، ގައުމަށްޓަކައި ގުރުބާންވާން ތައްޔާރަށް ތިބި ބަޔަކު އުފެއްދުމަކީ އެކަމަށްޓަކައި އުފާކުރަންޖެހޭކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު