'ބާހުބަލީ' އަށް ބިނާކޮށް 3D އެނިމޭޓެޑް ފިލްމެއް ހަދާނެ ކަމަށް ފިލްމު އުފެއްދުންތެރިޔާ އެސްއެސް ރާޖަމައުލީ ބުނެފިއެވެ. އޭނާ އެކަން އިއުލާނުކުރީ ޕްރަބާސް އަދި ރާނާ ދައްގުބަތީއާއެކު ދިން ޕްރޮމޯޝަން އިންޓަވިއުއެއްގައެވެ.
މި މޮޅު ޑައިރެކްޓަރު ބުނިގޮތުގައި، މި އެނިމޭޓެޑް ފިލްމުގެ ޓީޒަރ ދައްކާނީ 'ބާހުބަލީ: ދަ އެޕިކް' ގެ އިންޓަވަލްގައެވެ. އެ ފިލްމުގެ ނަމަކަށްވާނީ 'ބާހުބަލީ: ދަ އެޓާނަލް ވޯ' ކަމަށް އޭނާ ބުންޏެވެ.
"އަހަރުމެން ދައްކާނީ 'ބާހުބަލީ: ދަ އެޓާނަލް ވޯ' ގެ ޓީޒަރ. މިއީ 'ބާހުބަލީ 3' އެއް ނޫން، އެކަމަކު މިއީ ބާހުބަލީގެ ދުނިޔެ ކުރިއަށްދާނެ ގޮތް. މިއީ އަސްލު އެނިމޭޓެޑް ފިލްމެއް. މިއީ ވަރަށް ވަރަށް ހައި 3D އެނިމޭޝަން ފިލްމެއް." ރާޖަމައުލީ ބުނިގޮތުގައި ޝޯބޫ ގަރޫ (ޝޯބޫ ޔަރލަގައްޑާ) ވަނީ މި ޕްރޮޖެކްޓްގައި ދެ އަހަރާ ބައި ވަންދެން މަސައްކަތް ކޮށްފައެވެ. 'ބާހުބަލީ: ދަ އެޓާނަލް ވޯ' ގެ ބަޖެޓަކީ 120 ކްރޯޑް ރުޕީސް ކަމަށް ވެސް އޭނާ ބުންޏެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން