ސުޕަރސްޓާރު ރަޖިނީކާންތުގެ ދެން އެންމެ އަވަހަށް ނެރޭ ފިލްމު 'ޖެއިލަރ 2' ގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ނެލްސަން ދިލިޕްކުމާރް ޑައިރެކްޓްކުރާ މި ފިލްމަކީ އަންނަ އަހަރުގެ އެންމެ އިންތިޒާރުކުރެވޭ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެއް ކަމަށް ހަބަރުތައް ބުނެއެވެ. ހަބަރުތައް ބުނާ ގޮތުގައި މިއީ ފުރަތަމަ ބައިގެ ސީދާ ކުރިއެރުމެއް ކަމަށާއި، ބަތަލާ ވިދިޔާ ބާލަން މި ފިލްމުގައި މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.
ސޯޝަލް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން 'ޖެއިލަރ 2' ވާނީ ފުރަތަމަ ފިލްމުގެ ހާދިސާތަކަށްފަހު ދިމާވާ ކަންތައްތަކަށް ބޮޑަށް ބިނާކޮށްފައިވާ ސީދާ ސީކުއަލްއެކަށެވެ. މި ފިލްމުގައި ޓައިގަރ މުތުވެލް ޕަންޑިއަން ފައިސާ ހޯދާ އަންޑާވޯލްޑްއާ ދެކޮޅަށް މަސައްކަތްކުރާނެ ކަމަށް ބެލެވޭކަމަށް ހަަބަރުތައް ބުނެއެވެ މީގެ އިތުރުން، އޭނާގެ ދަރިފުޅު މަރުވުމަށްފަހު، އާއިލީ ގުޅުންތަކަށް އަންނަ ބަދަލުތައްވެސް މި ފިލްމުން ދައްކުވައިދޭނެ ކަމަށް ހަބަރުތައް ބުނެއެވެ.
އެޗްޓީ ސިޓީގެ އާ ރިޕޯޓެއްގައިވާ ގޮތުން، ބަތަލާ ވިދިޔާ ބާލަން ވަނީ މި ފިލްމުގެ މުހިންމު ރޯލަކަށް ހަމަޖައްސައިފައެވެ. މިއީ އަޖިތު ކުމާރުގެ 'ނެރުކޮންޑާ ޕާރްވާއީ' ގައި ކެމެއޯ ރޯލެއް ކުޅުމަށްފަހު، ވިދިޔާ ތަމަޅަ ސިނަމާގައި ފުރިހަމަ އެކްޓިން ރޯލެއް ކުޅޭ ފުރަތަމަ ފަހަރެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ވިދިޔާ ބާލަން މި ފިލްމުގައި ކުޅޭނީ ނުލަފާ މީހާގެ ރޯލު ކުޅޭ މިތުން ޗަކްރަބޮރްތީގެ ދަރިފުޅުގެ ރޯލެވެ.
މި ފިލްމުގެ ޝޫޓިން މިހާރު ކުރިއަށްދަނީ ޗެންނާއީގަ އެވެ. ޖެނުއަރީ މަހުގެ ނިޔަލަށް ޕޯސްޓް-ޕްރޮޑަކްޝަންގެ މަސައްކަތް ފެށޭނެ ކަމަށް ހަބަރުތައް ބުނެއެވެ.
'ޖެއިލަރ 2' އަކީ ރަޖިނީކާންތު މައިގަނޑު ރޯލުން ފެނިގެންދާ ތަމަޅަ ބަހުން ހަދާ އެކްޝަން ކޮމެޑީ ފިލްމެކެވެ. މިއީ 2023 ވަނަ އަހަރު ބޮކްސް އޮފީސް ބްލޮކްބަސްޓަރަކަށް ވެގެންދިޔަ 'ޖެއިލަރ' ގެ ދެވަނަ ބައެވެ. މި ސީކުއަލްގައި މުތުވެލް ޕަންޑިއަން އަށް ފުރަތަމަ ފިލްމަށްވުރެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، ހޫނު އެކްޝަން އާއި ލޭއޮހޮރުވުންތައް ފެނިގެންދާނެ ކަމަށް ހަބަރުތައް ބުނެއެވެ.
މި ފިލްމު 12 ޖޫން 2026 ގައި ނެރޭން ކުރީން ނިންމާފައިވާއިރު ފިލްމުން ނަންދަމޫރީ ބާލަކްރިޝްނާ، ޝިވާ ރާޖްކުމާރ، އަދި މޯހަންލާލް ވެސް ކެމެއޯ ރޯލުތަކުން ފެނިގެންދާނެ ކަމަށް ހަބަރުތައް ބުނެއެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް