ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް މާލޭ ސަރައްދުގައި ދުއްވޭނެ ވެހިކަލްގެ އަދަދު (ވެހިކަލް ކެރިން ކެޕޭސިޓީ) ކަނޑައަޅުއްވާނެ ކަަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެއްވެސް ހައްދެއް ހުދޫދެއް ނެތި ރާއްޖެއަށް އިންޖީނުލީ އެއްގަމު އުޅަނދު އެތެރެކުރަމުން އަންނައިރު، އަދި މާލޭ ސަރަހައްދަށް އެއްގަމު އުޅަނދު ގިނަވެ ދިއުޅުމަށް ދަތިވެފައިވާކަން ފާހަގަ ކުރައްވައި އެކަން ހައްލު ކުރުމަށް ކެރިން ކެޕޭސީޓީ ކަނޑައެޅުމާބެހޭ ގޮތުން ކުރެއްވި ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ކެރިން ކެޕޭސިޓީ ކަނޑައެޅުމަކީ މާލޭ ސިޓީ ކައުންސިލުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
އެގޮތުން މިނިސްޓަރުކަމާ ހަވާލުވެވެވަޑަައިގަތުމަށްފަހު، ކެރިން ކެޕޭސިޓީ އިއުލާން ކުރެވޭތޯ މާލޭ ސިޓީކައުންސިލާއެކު ގިނަ މަސައްކަތްތަކެއް ކުރެއްވި ނަމަވެސް މިއަދާ ހަމައަށްވެސް އެކަން ކާމިޔާބު ވެފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު މިނިސްޓަރުކަމާ ހަވާލުވިފަހުންވެސް ކެރިން ކެޕޭސިޓީ އިއުލާން ކުރެވޭތޯ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ސިޓީކައުސިލާއެކީ. ނަމަވެސް މިއަދާ ހަަމައަށްވެސް އެކަން ކާމިޔާބު ވެފަ ނެތީމަ ގާނޫނަށް ބަދަލުގެނެސްގެން ނަމަވެސް މިނިސްޓްރީން މިކަންތައް ކުރާނަން،" އަމީން ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން