މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްގެ މަގާމަށް މުހައްމަދު ފަރުސަތު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެ މަގާމަށް ފަރުހަތު އައްޔަން ކުރަން މަޖިލީހުން ފާސްކުރީ، މިއަދުގެ ޖަލްސާގައި ތިއްބެވި 60 މެންބަރުންގެ ތެެރެއިން 49 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އޭނާ އެ މަގާމަށް އައްޔަން ކުރަން ނުފެންނަކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ ނުވަ މެންބަރުންނެވެ.
ފަރުސަތަކީ އެ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑައެޅި މެންބަރުންގެ ތެރެއިން މެންބަރެކެވެ.
ފަރުސަތު އެ މަގާމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދިނުމަށް އެދި މަޖިލީހުގެ މިނިވަން މުއައްސަަސާތަކުގެ ކޮމިޓީންވެސް ވަނީ މަޖިލިސް ތަޅުމަށް ހުށަހަޅައިފައެވެ.
އަލަށް އަމަލު ކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނު ބުނާގޮތުން އެ ކޮމިޝަން އެކުލެވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުގެ ގޮތުގައި އިންތިހާބީ ހަތަރު މެންބަރުންނެވެ.
ކޮމިޝަނަށް މަޖިލީހުން ކަނޑައެޅި ތިން މެންބަރުން:
- މުހައްމަދު ފަރުސަތު، ހ. ޓޫހާޓްސް
- ސަފާ ޝަފީގު، ބިއްލޫރިވިލާ، ދ. މީދޫ
- އައިމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
ކޮމިޝަނުގައި ހިމެނޭ އިންތިހާބީ މެންބަރުން:
- އަބްދުލްއަޒީޒް އިބްރާހީމް، މޫނިމާގެ / ށ. ފޭދޫ
- ޒަމްއަތު އަހުމަދު ވަހީދު، މަލަ / ގދ. ތިނަދޫ
- ސިމާހާ ނަސީމް، ވެލީގެ / ގދ. ރަތަފަންދޫ
- ހުސައިން ޘަގީފް، ހިސާން / ހދ. ވައިކަރަދޫ
އިބްރާހިމް ޒަކީ
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން