މިއަންނަ ނޮވެމްބަރުމހުގެ ދެވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސް، މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ނަސްރުގެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމުން، ނަސްރުގެ ދުވަހުގެ ކުރިއަށް އޮތް ދުވަސްކަމުގައިވާ، ނޮވެމްބަރު ދެވަނަ ދުވަހަކީ ރަސްމީ ދުވަހެއް ކަމަށްވާތީ ކަމަށެވެ.

އެ ދުވަސް ބަންދުކުރީ ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.