މިދިޔަ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި، ނުކިޔައި ދެ ހުތުބާއެއް އޮތީ ފޮރުވާފައިކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު އިބްރާހިމް ހުސެއިން މިނިސްޓަރާ ސުވާލު ކުރެއްވީ، ހުކުރު ހުތުބާ ތައްޔާރު ކުރުމުގައި ގެންގުޅޭ އުސޫލުތަކަކީ ކޮބައިތޯ އާއި ހުތުބާ ތައްޔާރު ކުރުމުގައި އިސްލާމީ ތާރީހާއި އިސްލާމި ހަލޯރަތުގެ ބައިތައް ހިމެނުމަށް ކިހާވަރެއްގެ އިސްކަމެއް ދެއްވާތޯއެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ދެ ހުތުބާއެއް ފޮރުވައިފައި އޮތް ކަމަށެވެ.
އޭގެ ތެެރެއިން އެއް ހުތުބާއަކީ ރިބާގެ ހުތުބާ ކަމަށާއި އަނެއް ހުތުބާއަކީ ވެރިމީހާގެ މަސްއޫލިއްޔަތާ ގުޅޭ ޚުތުބާއެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މީގެ ތެރެއިން އެއް ޚުތުބާ ލިޔުއްވީ އިބްރާހިމް ރަޝީދު މޫސާ، އަނެއް ޚުތުބާ ލިއޔުއްވި ބޭފުޅަކު ސީދާ އަޅުގަނޑު މިވަގުތު ހަނދާނެއް ނެތް، މި ޚުތުބާ ކިޔަން ޝެޑިއުލްކޮށްފަ އޮއްވާ މި ޚުތުބާތައް އޮތީ ނުކިޔާގޮތަށް ނިންމައި ފޮރުވައިފަ،" ޝަހީމް ވިދާޅުވިއެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ ފޮރުވާފައި އޮއްވައި މިސަރުކާރުން މި ޚުތުބާތައް މިދިޔަ އަހަރުގެ ތެރޭގައި ކިޔާފައިވާ ކަމަަށެވެ.
"އަޅުގަނޑުމެން ދެންނެވީ ދީނުގައި އޮންނަކަމެއް ފޮރުވާފައި ބާއްވައިގެން ނުވާނެއޭ، ޖެހޭނެއޭ ކިޔަން، ޚުތުބާތައް އިއްވަން ޖެހޭނެއޭ،"
އިބްރާހިމް ޒަކީ
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު
ޝަހީމް އަކީ އެއް އިރެއްގައިވެސް ތެދު ހަދާ މީހެއްނޫން. އޭނާ އަކީ މުޅިންވެސް ދީން ވިއްކައި ހިހޫ ތަނުން ކައިގެން އުޅޭ މީހެއް...
ޙުސެއިން - 8 މަސް ކުރިން