މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުކަމުގެ މަގާމަށް ފަރުސަތާއި ސަފާ އާއި ސަހާރަތު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުކަމުގެ މަގާމަށް 10 ބޭފުޅުން ކުރިމަތިލެއްވިއެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- ފާތިމަތު ފަހުމީ، ސީނަރީ، ގދ. މަޑަވެލި
- މުހައްމަދު ފަރުސަތު، ހ. ޓޫހާޓްސް
- ސަފާ ޝަފީގު، ބިއްލޫރިވިލާ، ދ. މީދޫ
- އައިމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
- އިބްރާހިމް މުހައްމަދު، ގ. ވިންޑް
- މޫސާ ރިލްވާން، މ. ހާވިލާ
- މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން
- ޝެހެނާޒް އަދްނާން، ދރ. ރސ. 80580
- މުހައްމަދު ސާމިން، ފިނިވާގެ، އއ. ތޮއްޑޫ
- ޝަފީގާ ނައީމް، ބީޗް ސައިޑް ފ. ނިލަންދޫ
ނަމަވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިދިޔަ ހޯމަދުވަހު މި ބޭފުޅުންނާ އިންޓަވިއު ކުރިއިރު، އެ ބޭފުޅުންގެ ތެެރެއިން ޝަފީގާ ނައީމާއި ފާރިސް ތޯހާގެ ނަން ވަނީ އަނބުރާ ގެންދަވައިފައެވެ.
ދެން ތިއްބެވި ބޭފުޅުންނާ އިންޓަވިއު ކުރެއްވުމަށްފަހު، 75 މާކްްސްއަށްވުރެ މަތީން ޕޮއިންޓް ލިިބުނު ތިން ބޭފުޅުން މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކުރަން މަޖިލީހުން ފާސްކޮށްދިނުމަށް، މަޖިލިސް ތަޅުމަށް ކޮމިޓީން ހުށަހެޅި އެވެ.
ކޮމިޓީން ޕޮއިންޓް ލިބުނު ގޮތް:
- މުހައްމަދު ފަރުސަތު، ހ. ޓޫހާޓްސް %90.50
- ސަފާ ޝަފީގު، ބިއްލޫރިވިލާ، ދ. މީދޫ %88.88
- އައިމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި %87.88
- އިބްރާހިމް މުހައްމަދު، ގ. ވިންޑް %71.75
- މޫސާ ރިލްވާން، މ. ހާވިލާ %67.75
- ފާތިމަތު ފަހުމީ، ސީނަރީ ގދ، މަޑަވެލި %67.50
- ޝެހެނާޒް އަދްނާން، ދރ. ރސ. 80580 %60.25
- މުހައްމަދު ސާމިން، ފިނިވާގެ، އއ. ތޮއްޑޫ %55.50
ކޮމިޓީން ހުށަހެޅިގޮތަށް މަޖިލީހުން މިއަދު ފާސްކުރީ އެންމެ ގިނަ ޕޮއިންޓް ލިބިވަޑައިގެންނެވި ތިން ބޭފުޅުން ކޮމިޝަނަށް އައްޔަން ކުރުމަށެވެ.
ހަތް މެންބަރުންގެ، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނެވެ.
މި ކޮމިޝަނަށް މީޑިއާތަކުން ހޮވަން ޖެހޭ މެންބަރުން ވަނީ މިހާރު ހޮވައިފައެވެ.
އިބްރާހިމް ޒަކީ
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން