ލ. ހިތަދޫ ވޮލީކޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ހިތަދޫ ވޮލީކޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އެރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައި ސްޕޯޓްސް މިިނިސްޓަރު އަބްދުﷲ ރާފިއުއެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރުގެ އަރިހުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ރިޓަޔާޑް ޑީސީޕީ އަހުމަދު ސައުދީ ބައިވެރިވަޑައިގެންނެވިއެވެ.
އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 1.24 މިލިއަން ރުފިޔާއަށް 120 ދުވަސްތެރޭ ނިންމައި ހަވާލުކުރާގޮތަށެވެ.
އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން ކޮންކްރީޓު މަސައްކަތްކުރުން، ދަގަނޑުގެ މަސައްކަތް، ކަރަންޓު މަސައްކަތް، ޓާފް އެޅުން، އަދި އިކުއިޕްމަންޓް ހަރުކުރުމުގެ މަސައްކަތްތައް ހިމެނޭ ކަމަށެވެ.
ފާތިމަތު ލިއުޝާ
ހިތަދޫ
ހިތަދޫ
ހިތަދޫ