ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޕަރިނިތީ ޗޯޕްރާ އާއި އޭނާގެ ފިރިމީހާ، ރާގަވް ޗާދާއަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ. މި އުފާވެރި ހަބަރު އެ ދެމަފިރިން އާންމުކުރީ އިއްޔެ މެންދުރުފަހު، އެމީހުންގެ އިންސްޓަގްރާމް އެކައުންޓްތަކުގައި ހިއްސާކުރި ޕޯސްޓެއްގައެވެ.
އެމީހުންގެ ޕޯސްޓުގައި ވަނީ ދަރިޔަކު ލިބުނު ކަމުގެ އުފާ ހިއްސާކޮށް އެމީހުންގެ ދިރިއުޅުން މުޅިން ފުރިހަމަ ވެފައިވާކަމަށް ބުނެފައެވެ. މި އުފާވެރި ހަބަރު އެ ދެމަފިރިން ހިއްސާކުރި ވަގުތުން ފެށިގެން، ފިލްމީ ދާއިރާގެ ގިނަ ތަރީންނާއި އާންމުންގެ ފަރާތުން ތަހުނިޔާގެ މެސެޖުތައް އަންނަނީ ލިބެމުންނެވެ.
2023 ވަނަ އަހަރު ކައިވެނިކުރި ޕަރިނިތީ ބަނޑުބޮޑުކަން އިއުލާންކުރީ މި އަހަރުގެ އޯގަސްޓް މަހުއެވެ. އެފަހަރު، ކުޑަ ފައިތިލައެއްގެ ފޮޓޯއެއް ހިއްސާކޮށް، "އަހަރުމެންގެ ކުޑަ ދުނިޔެ އައުމުގެ މަގުމަތީގައި" އެ ޕޯސްޓުގައި ލިޔެފައި އޮތީ މިހެންނެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް