އަލަށް އަމަލު ކުރަން ފެށި ގާނޫނުގެ ދަށުން އެކުލަވައިލުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުކަމަށް ކުރިމަތިލެއްވި ދެ ބޭފުޅަކު ނަން އަނބުރާ ގެންދަވައިފިއެވެ.
އެކަން ހާމަކުރީ، އެ މައްސަލަ ދިރާސާކުރުމަށް ފޮނުވި، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމްއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެންބަރުކަމުގެ މަގާމަށް 10 ބޭފުޅުން ކުރިމަތިލެއްވިއެވެ.
ކޮމިޝަނަށް ކުރިމަތިލެއްވި 10 ބޭފުޅުން:
- ފާތިމަތު ފަހުމީ، ސީނަރީ ގދ، މަޑަވެލި
- މުހައްމަދު ފަރުސަތު، ހ. ޓޫހާޓްސް
- ސަފާ ޝަފީގު، ބިއްލޫރިވިލާ، ދ. މީދޫ
- އައިމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
- އިބްރާހިމް މުހައްމަދު، ގ. ވިންޑް
- މޫސާ ރިލްވާން، މ. ހާވިލާ
- މުހައްމަދު ފާރިސް ތޯހާ، ހ. ސޯސަން
- ޝެހެނާޒް އަދްނާން، ދރ. ރސ. 80580
- މުހައްމަދު ސާމިން، ފިނިވާގެ، އއ. ތޮއްޑޫ
- ޝަފީގާ ނައީމް، ބީޗް ސައިޑް ފ. ނިލަންދޫ
މީގެ ތެރޭގައި މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނު ވުޖޫދުވުމުގެ ކުރިން އޮތް މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ބޭފުޅުންވެސް ހިމެނެއެވެ.
މި ބޭފުޅުންގެ ތެރެއިން ނަން އަނބުރާ ގެންގޮސްފައިވަނީ ޝަފީގާ ނައީމާއި ފާރިސް ތޯހާއެވެ.
ހަތް މެންބަރުންގެ، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނެވެ.
މި ކޮމިޝަނަށް މީޑިއާތަކުން ހޮވަންޖެހޭ މެންބަރުން ވަނީ މިހާރު ހޮވައިފައެވެ.
އިބްރާހިމް ޒަކީ
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން