އައިޖީއެމްއެޗްގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަކުލު ހުޅުގެ ސާޖަރީ ހަދަން ފަށައިފިއެވެ.

މާލެ ސިޓީ ގްރޫޕު އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައިޖީއެމްއެޗުގައި 4K ކޮލިޓީގެ އާތުރޮސްކޯޕިކް ކެމެރާ ބޭނުންކުރަން ފަށާފައިވާއިރު، މިއީ ކަކުލު ހުޅުގެ ސާޖަރީތައް ހެދުމުގައި ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ.

އެ މެޝިނާއެކު ކުޑަ ކެމެރާއެއް ކަކުލަށް ލައްވައިގެން އަނިޔާވެފައިވާ މިންވަރު ދެނެގަނެވޭނެއެވެ.

ހަލީމް ވިދާޅުވި ގޮތުގައި އެ ސިސްޓަމާއެކުގައި ފަސޭހައިން ބަލި ދެނެގަނެވި، ސްޕޯޓްސް އިންޖަރީއަށް ފަރުވާކުރުމުގައި މޮޑަން މެތަޑްސް ބެނުންކުރެވޭނެ އެވެ.

ކަކުލު ހުޅަށް ލިބޭ އަނިޔާއަކީ ގިނަ ބަޔަކު ތަހައްމަލުކުރާ ވޭނަކަށްވާއިރު، އެކަމަށް ފަރުވާކުރަން އައިޖީއެމްއެޗުގައި އަބަދުވެސް ބޮޑު ކިޔުއެއް އޮވެއެވެ.

ކަކުލު ހުޅުގެ އޮޕަރޭޝަންތައް، އަމިއްލަ ބައެއް ހޮސްޕިޓަލްތަކާއި ކްލިނިކްތަކުންވެސް ކުރެއެވެ.