މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާއެކު އެސްޕެޓް ސިސްޓަމް ކުރިއަށް ގެންދަން ވެފައިވާ އެއްބަސްވުމުގެ ސަބަބުން ދިވެހި ދައުލަތަށް އެއްވެސް ގެއްލުމެއް ނުލިބޭނެކަަމަށް އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އުޝާމް މިހެން ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންނަށް ލިބޭނެ ގެއްލުމެއް އެބަ އޮތްތޯ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
އޭޖީ ވިދާޅުވީ ބެސްޓިނެޓާއެކު ސަރުކާރުން އެއްބަސްވުމެއްގައި ފުރަތަމަ ސޮއި ކުރީ 2016 ވަނަ އަހަރު ކަމަށެވެ.
ނަމަވެސް މިދިޔަ އެމްޑީޕީގެ ސަރުކާރުގައި އެ އެއްބަސްވުމަށް އަމަލު ނުކޮށް އަދި އެއްބަސްވުން ބާތިލުވެސް ނުކޮށް މަޑުކުރުމުން ބެސްޓިނެޓުން ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅާނެކަން އަންގާފައި ކަަމަށްވެސް ވިދާޅުވިއެވެ.
އޭރުގެ ސަރުކާރުން ކަންތައް ކުރިގޮތުގެ ސަބަބުން އެއްބަސްވުމުުގެ ދަށުން ބެސްޓިނެޓަށް ލިބުނު ގެއްލުމުގެ ބަދަލަށް އެދުމުގެ ފުރުސަތު އެފަރާތަށް އޮތް ކަމަށް ފާހަގަ ކުރެވުނު ކަމަށްވެސް އޭޖީ ވިދާޅުވިއެވެ.
ނަމަވެސް އޭޖީ ވިދާޅުވީ ބެސްޓިނެޓާއެކު ވެފައި އޮތް އެއްބަސްވުމުން އެ ކުންފުންޏަށް "ބައެއް އެކްސްކްލޫސިޓިވިޓީ" ލިބޭނެ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އޭޖީ ނުދެއްވައެވެ.
އިބްރާހިމް ޒަކީ
ރިޕޯޓް
އިސްލާމީ ތާރީޚު
ބިއުޓީ
ދުނިޔެ