ށ. ކޮމަންޑޫ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށް އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
އެ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށް އަމަލީ މަސައްކަތް ފެށީ، ށ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު އެ ރަށަށް ވަޑައިގަންނެވެ. އެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ.
މިދިޔަ އަހަރުގެ އޭޕްރިލް މަހު ފަސް ރަށެއްގައި އެއާޕޯޓް ހެދުމަށް އެމްޓީސީސީއާ ހަވާލުކުރި އިރު، އޭގެ ތެރޭގައިވެސް ކޮމަންޑޫ އެއާޕޯޓް ހިމަނާފައިވެއެވެ. ނަމަވެސް އެ މަޝްރޫއު ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
ކޮމަންޑޫގައި އެއާޕޯޓެއް ހެދުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ