ށ. ނޫމަރާ ކައުންސިލްގެ އިމާރާތް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފި އެވެ.
ނޫމަރާ ކައުންސިލްގެ އިމާރާތް ރައީސް ހުޅުއްވައިދެއްވީ ށ. އަތޮޅުގެ ރަށްތަކަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ ރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.
އެ މަސައްކަތަކީ ބާވެ ހަލާކުވެފައިވާ ކައުންސިލްތައް ތަރައްގީކުރުމަށް، ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ޕީއެސްއައިޕީ ބަޖެޓުގައި ހިމަނައިގެން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިޔަށްގެންދާ، މަޝްރޫއުގެ މަސައްކަތުގެ ތެރެއިން މަސައްކަތެކެވެ.
އެ މަސައްކަތް ކުރިޔަށް ގެންދިޔައީ ނޫމަރާ ކައުންސިލާ ހަވާލުކޮށްގެނެވެ. ނޫމަރާ ކައުންސިލު އިމާރާތުގައި 80 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި 16 މީހުންގެ ޖާގައިގެ މީޓިން ރޫމެއް ހިމެނެއެވެ. ކައުންސިލުގެ ރައީސާއި ކައުންސިލް ނައިބު ރައީސާއި ކައުންސިލް މެންބަރުންނާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް ވަކިވަކިން އޮފީސް މާހައުލު ހާއްސަ ކޮށްފައިވެެއެވެ.
އޭގެއިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ހާއްސަ މާލަމަކީ ސަރުކާރުން 3.9 މިލިއަން ހަރަދުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.
ފާތިމަތު ލިއުޝާ
ށ. އަތޮޅު