ނުރުހުމުގައި ކުޑަ ކުއްޖެއްގެ ގައިގައި އަތްލި މީހަކު ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ގާނޫނުލް އުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން ދައުލަތުން ދައުވާ ކޮށްފައިވަނީ އާއިޝަތު ރަވްލާ އަހްމަދު ކިޔާ މީހެއްގެ މައްޗަށެވެ.

އެ މައްސަލައިގައި ގައިގައި އަތްލުމުގެ ކުށުން ރައުލާ ކުށްވެރި ވެއްޖެކަމަށް ކަނޑައަޅައި، އެއް އަހަރާއި ހަ މަހަށް އޭނާ ޖަަލަށް ލާން ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ، ރިޕޯޓް އާއްމު ކޮށްފައެއް ނުވެއެވެ.