ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެންދަވަނީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލަމުން ކަމަށް ވިދާޅުވެ، އޭނާ މަޖިލިސް ރައީސްކަމުން ވަކި ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަަމަށް، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަމްހީދު ވިދާޅުވީ މަޖިލީހުގެ ރައީސް، ގާނޫނު އަސާސީ އާއި މަޖިލިސް ގަވައިދުގެ ބާރު ކަނޑުވާލައްވަމުން ގެންދަވާ ކަމަށެވެ.
ޝަމްހީދު ވިދާޅުވީ، މަޖިލިސް ރައީސް ޖަލްސާތައް ކުރިއަށް ގެންދަވަނީ ގާނޫނުއަސާސީގެ 98 ވަނަ މާއްދާ އާއި މަޖިލިސް ގަވާއިދުގެ 81 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.
ވަޒީރުންނާއި ސަރުކާރުގެ މަގާމުތަކުގައި ތިބޭ މީހުންނާ ސުވާލުކުރުމާބެހޭ، ގާނޫނުއަސާސީގެ 98 ވަނަ މާއްދާގައި ބުނަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އެހެންވެސް މަގާމެއްގައި ހުރި މީހަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށާއ،ި އެ މީހަކު އަދާކުރާން ޖެހޭ ޒިންމާ އާއި މަސްއޫލިއްޔަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން އެ މީހަކާ ކުރެވޭ ސުވާލުތަކަށް ތެދުބަހުން ޖަވާބުދިނުމަށާއ،ި އެ މީހަކު އަދާކުރާން ޖެހޭ ޒިންމާތަކާއި، މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އެ މީހަކަށް އެންގިދާނެ ކަމަށެވެ.
މަޖިލިސް ގަވާއިދުގެ 81 ވަނަ މާއްދާގައި ބުނަނީ މެންބަރަކަށް ވަޒީރަކާ ސުވާލު ކުރެވޭނ،ީ އެ ވަޒީރަކާ ކުރަން ބޭނުންވާ ސުވާލުގެ ނޯޓިސް މަޖިލީހުގެ ރައީސް މެދުވެރިކޮށް އެ ވަޒީރަކަށް ލިޔުމުން ފޮނުވައ،ި 14 ދުވަހުގެ މުއްދަތު ދިނުމަށްފަހު، މަޖިލީހުގެ ޖަލްސާއެއްގައި ކަމަށެވެ.
މަޖިލިސް ގަވާއިދުގެ 80 ވަނަ މާއްދާ އާއި 81 މާއްދާގެ އިތުރުން 42 ވަނަ މާއްދާ އާއި 43 ވަނަ މާއްދާ އާ މަޖިލިސް ރައީސް ހިލާފު ވެފައިވާކަަމަށްވެސް ޝަމްހީދު ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވީ، ގާނޫނުއަސާސީންނާއި މަޖިލީހުގެ ގަވާއިދުގެ ދަށުން، ދައުލަތުގެ ވަޒީރުންނާ ކުރަން ފޮނުއްވާފައިވާ ސުވާލުތައްކަށް ޖަވާބު ދިނުމަށް، ގާނޫނުއަސާސީ އާއި މަޖިލިސް ގަވާއިދާ އެއްގޮތަށް މަޖިލިސް ރައީސް ވަޒީރުން މަޖިލީހަށް ހާޒިނު ނުކުރައްވާ ކަމަށެވެ.
އެއީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދުގެ ބާރު ކަނޑުވާލުން ކަަމަށް ވިދާޅުވެ، އެކަމާގުޅިގެން މަޖިލިސް ރައީސަށް ފިޔަަވަޅު އެޅުމުގެ މަސައްކަތް ފައްޓަވާނެ ކަމަށްވެސް ޝަމްހީދު ވިދާޅުވިއެވެ. އެއީ މަޖިލިސް ރައީސް މަގާމުން ވަކިކުރުން ކަމަވިޔަސް އެކަން ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވީ މަޖިލީހުގެ ވަޒީރުންނާ ސުވާލުކުރަން މަޖިލިސް މެންބަރުން ފޮނުއްވާ ސުވާލުތަކަށް ޖަވާބުދާރީ ވުމަށް ވަޒީރުން މަޖިލީހަށް ފޮނުއްވުމަކީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ވެސް ލާޒިމް ކުރާކަމެއް ކަމަށެވެ.
އެހެންކަމުން މަޖިލީހަށް ޖަވާބުދާރީވުމަށް ވަޒީރުން ނުފޮނުވަންޏާ، މަޖިލިސް ޖަލްސާތައް އެޖެންޑާ ނުކުރުމަށްވެސް ޝަމްހީދު އެދިވަޑައިގެންނެވިއެވެ.
އިބްރާހިމް ޒަކީ
ރިޕޯޓް
އިސްލާމީ ތާރީޚު
ބިއުޓީ
ދުނިޔެ