އަންނަ މަހުން ފެށިގެން ޗައިނާގެ މުދަލުން 100 ޕަސެންޓް ޓެރިފް ނަގާނެކަމަށް އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ އެގައުމަށް އެތެރެކުރާ މުދަލުން ނަގަމުން އަންނަ ޓެރިފް ބޮޑުކުރަން ނިންމާފައިވާ ނިންމުން ތަންފީޒު ކުރަން ފަށާފައިވާއިރު އެގައުމުން ވަނީ އެކި ގައުމުން އެތެރެކުރާ މުދަލުން ނަގާ މުދަލުގެ ޓެރިފްގެ އަދަދު ތަފާތުކޮށްފައެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ އަންނަ މަހުން ފެށިގެން ޗައިނާއިން އެގައުމަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް ބޮޑުކުރަން ނިންމާފައިވާ ކަމަށާއި އެގައުމުން ޗައިނާއަށް އެކްސްޕޯޓުކުރާ ސޮފްޓްވެއާތައްވެސް ކޮންޓްރޯލް ކުރާނެ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ ޗައިނާއިން ދުނިޔޭގެ ބާރުވެރިކަން ހޯދަމުން އަންނަ ކަމަށާއި ޗައިނާގެ އަމަލުތައް މިހާރު ހުރި ގޮތުން ޓެރިފް ބޮޑުކުރަން ޖެހުނީ ކަމަށެވެ.
ޗައިނާއިން ވެސް ވަނީ އެގައުމުން އެމެރިކާއަށް އެކްސްޕޯޓު ކުރާ މުދާ ކޮންޓްރޯލު ކުރާނެ ކަމަށް އިންޒާރު ދީފައެވެ. އެގޮތުން އެމެރިކާގައި އުފައްދާ ކާރުތަކާއި ސްމާޓް ފޯނުތަކުގެ އިތުރުން ޓެކްނިކަލް އެކި ސާމާނު އުފެއްދުމަށް ބޭނުންކުރާ ބައެއް މައުދަނަކީ ހަމައެކަނި ޗައިނާއިން އެމެރިކާއަށް އެކްސްޕޯޓު ކުރާ އެއްޗެއްސަށް ވެފައި އޭގެ ކޮންޓްރޯލް ހިފެހެއްޓުމުން އެކަމުގެ ސީދާ އަސަރު އެމެރިކާއަށް ކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
މުހައްމަދު އައުޒަމް
ނިއުޒިލެންޑް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބެއްޔާ……!! ގަދަބާރު ދައްކައިގެން ހުރިހާ ކަމެއް ކާމިޔާބެއް ނުކުރެވޭނެ ކަން ދަނެބަލަ……!!
ނުރަބޯ - 8 މަސް ކުރިން