ކުޑަކުދިންތަކެއް ނަހަމަގޮތުގައި ބޭނުން ކުރުމުގެ ތުހުމަތުގައި އިއްޔެ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ކުޑަކުދިންތަކެއް އެކްސްޕްލޮއިޓް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ވަނަވަރާއި ފޮޓޯ ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ.
އެ މައްސަލައިގައި ހައްޔަރުކުރި މީހުން
- އަލީ އަޝްރަފު، 35، މ. އެތުމާ
- ލުހާން ސައީދު، 41، ޕެރިސް/ގދ. ވާދޫ
- ނާފިއު ރަޝީދު، 39، ސިލްވާ ސްޓާ/ވ. ރަކީދޫ
- އިބްރާހިމް ޝިނާން އަހުމަދު، 33، ހ. ފިނިކުރި
އޭގެ ތެރެއިން ނާފިއު އަކީ، ކުރީގެ ޓީވީ ޕްރެޒެންޓަރެކެވެ. އަދި އެއީ ބައިބަލާ ޗެލެންޖުގެ ހޯސްޓުވެސް މެއެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހުން ހައްޔަރު ކުރީ، ހެންވޭރުގެ ގެއެއްގެ އެޕާޓުމެންޓެއް ބަލައި ފާސްކުރުމަށް ފަހުއެވެ. އެތަނުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ އިރު، އެ މީހުންގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލާގައި އަނިޔާ ލިބުނު ކުޑަކުދިންގެ ތެރޭގައި ހިމެނެނީ 17 އަހަރުގެ ދެ އަންހެން ކުދިން 16 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެ ހަތަރު މީހުންގެ ބަންދަށް ކޯޓުން ވަނީ ތިން ދުވަސް ޖަހައިފައެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް