މާލޭގައި މާރާމާރީ ހިންގި ދެ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ އަސުރުމާގޯޅީގައި ދެ މީހެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގެ މައްސަލަ މިރޭ 7:11 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގައި ހިނގާފައިވަނީ ދެ ބިދޭސީންގެ ދެމެދުގައި ކަމަށާއި އޭގެ ތެރެއިން އެކަކުގެ ބޯ ފެޅި، އަނިޔާވުމުގެ ސަބަބުން އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށެވެ. އަދި އެ ދެ މީހުން ވެސް ފުލުހުން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަގޮތުގައި އެ މާރާމާރީ ހިންގާފައިވަނީ އެމްޕީއެލްގެ ޔުނީފޯމުގައި ހުރި ދެ ބިދޭސީއެއްގެ ދެމެދުގައެވެ. ނަމަވެސް އެ ދެ މީހުންގެ ދެމެދުގައި ޖެހުނީ ކޮން މައްސަލައެއް ކަމެއް ކަށަވަރެއް ނުވެއެވެ.
ފުލުހުން އަންނަނީ މާރާމާރީގެ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު