ހުޅުމާލޭގެ ދެވަނަ ފޭހުން، މަޝްހޫރު ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ، އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ބިމެއް ބައްލައިވައިގަންނަވައިފިއެވެ.

މި ވިޔަފާރީގެ މުއާމަލާތާ ގުޅިގެން މިދިޔަ ބުރާސްފަތިދުވަހު ސިވިލްކޯޓުން ކުރި ހުމުން އެނގޭ ގޮތުގައި 31.7 (31،767،487.20) މިލިޔަން ރުފިޔާއަށް ސިޔާމް ބައްލަވައިގަންނަވާފައި ވަނީ 3252 އަކަފޫޓުގެ ބިމެކެވެ.

މި ބިން ބައްލަަވައިގަތުމަށް ދައްކަންޖެހޭ އަގު ދައްކައި ހަލާސްކޮށްފައިވާތީ މި ބިން ވިއްލުމުގެ މުއާމަލާތް ފުރިހަމަކޮށްދިނުމަށް އެޗްޑީސީ އާއި ސިޔާމުގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅިއެވެ.

ސިވިލްކޯޓުން ހުކުމްކޮށްފައިވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހިން 3252 އަކަފޫޓުގެ ބިން ޖީއެސްޓީ ހިމަނައިގެން 31.7 މިލިޔަން (31،767،487.20) އަށް އަހުމަދު ސިޔާމް މުހައްމަދު ބައްލަވައިގަނެ އަގު ދައްކައި ހަލާސްކޮށްފައިވާތީ މި ވިޔަފާރީގެ މުއާމަލާތުގައި ފުރިހަމަ ވާންޖެހޭ އެންމެހާ ޝަރުތުތައް ފުރިހަމަވެފައިވަ ކަމަށް ކަނޑައަޅައިި، އެޗްޑީސީގެ ނައުމުގައި ރަޖިސްޓްރީކޮށްފައިވާ 3252 ބިމުގެ މިލްކުވެރި ފަރާތަކީ ސިޔާމް ކަމަށް ކަނޑައަޅައި ހުކުމްކުރާ ކަަމަށެވެ.