ޓަމިލްނާޑޫގައި ކޮފްސިރަޕް ބުއި 11 ކުއްޖަކު މަރުވެއްޖެއެވެ.

އިންޑިއާގެ ޓަމިލްނާޑޫގެ މަދްޔާޕްރަދޭޝް އާއި ރާޖަސްތާނުގައި ''ކޯލްޑްރިފް'' ބްރޭންޑުގެ ކޮފްސިރަޕެއް ބުއި 11 ކުއްޖަކު މަރުވުމާއެކު ޓަމިލްނާޑޫގެ ސަރުކާރުން ވަނީ ފިޔަވަޅު އަޅައިފައެވެ.

ޓަމިލްނާޑޫ ސަރުކާރުން ވަނީ މިމަހުގެ އެކަކުން ފެށިގެން އެބާވަތުގެ ކޯފްސިރަޕް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައެވެ.

ޓަމިލްނާޑޫ އަށް ނިސްބަތްވާ ކުންފުންޏަކުން އުފައްދާ ''ކޯލްޑްރިފް'' ބްރޭންޑުގެ ކޮފްސިރަޕުގެ މައްސަލައިގައި އެކުންފުނީގެ ފެކްޓްރީތައް ބަލައި އެމައްސަލަ ތަހުގީގު ކުރުމަށް އިންޑިއާގެ ފުޑް ސޭފްޓީ އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ވަނީ މަސައްކަތް ފަށައިފައެވެ.

އޮފިޝަލުން ވަނީ ފުޑް ސޭފްޓީ އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން އެފެކްޓްރީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި މިހާތަނަށް ބައެއް ސާމްޕަލް ތަހުގީގަށް ގެންގޮސްފައިވާ ކަމަށް ބުނެފައެވެ.

''ކޯލްޑްރިފް'' ބްރޭންޑުގެ ކޮފްސިރަޕު އުފައްދާ ކުންފުނިން ވަނީ އެކުންފުނީގެ އުފެއްދުންތައް ހަމައެކަނި ވިއްކަނީ ރާޖަސްތާނާއި މަދްޔަޕްރަދޭޝްގެ އިތުރުން ޕުޑުއްޗެރީ އަށް ކަމަށް ބުނެފައެެވެ.