ފިލިޕީންސްއަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 69 އަށް އަރައިފިއެވެ.
އަންގާރަ ދުވަހުގެ ރޭ ރެކްޓަ މިންގަނޑުން 6.9 މެގްނިޓިއުޑްގައި ފިލިޕީންސްގެ މެދުތެރޭ ސަރަހައްދަށް އައި އެ ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު މިހާތަނަށް މަރުވި މީހުންގެ އަދަދު 69 އަކަށް އަރާފައިވާ ކަމަށާއި އެއަދަދު އިތުރުވާނެ ކަމަށް ބެލެވޭކަމަށް އޮފިޝަލުން ބުނެއެވެ.
ބިންހެލުމުގައި އަނިޔާވި މީހުންގެ އަދަދު އަދި މިހާތަނަށް ޔަގީންވެފައި ނުވާއިރު ރިޕޯޓުތައް ބުނާގޮތުން ބިންހެލުން އައި ސަރަހައްދުގެ ހޮސްޕިޓަލުތައް ފުރި ފަރުވާ ދިނުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
ފިލިޕީންސްގެ ނެޝަނަލް ޑިޒާސްޓަ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް ކައުސިލުން ވަނީ ބިންހެލުން އައި ސަރަހައްދުން 22 އިމާރާތެއް ބޭނުން ނުކުރެވޭ ވަރުވެފައިވާކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު