އިންޑިއާގެ ޑޮކްޓަރުންގެ އަތުލިޔުން ރީތިކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
އިންޑިއާގެ ކޯޓަކުން އެގައުމުގެ ޑޮކްޓަރުންގެ އަތުލިޔުން ރީތިކުރުމަށް އަމުރުކޮށްފައި މިވަނީ އެގައުމުގެ ޑޮކްޓަރުންގެ އަތުލިޔުން ހުންނަ ގޮތާ ނުގުޅޭ ކޯޓު މައްސަލައެއްގައި ކަމަށް އޮފިޝަލުން ބުނެއެވެ.
އިންޑިއާގެ ޕަންޖާބާއި ހަރިޔާނާގެ ހައިކޯޓުން އެ ގޮތަށް ހުކުމް ކޮށްފައި ވަނީ އެކޯޓުގައި ހިނގަމުން ދިޔަ ރޭޕުކުރުމާއި މަކަރު ހެދުމުގެ އިތުރުން އޮޅުވާލުމުގެ މައްސަލަތަކާ ގުޅޭ ކަމެއްގައެވެ.
ކޯޓުން ވަނީ މައްސަލައިގެ އަޑުއެހުން ކުރިޔަށް ދިޔައިރު މެޑިކަލް ރިޕޯޓަކަށް ރިއާޔަތް ކޮށްފައެވެ. ނަމަވެސް އެގައުމުގެ ސަރުކާރު ހޮސްޕިޓަލެއްގެ ޑޮކްޓަރަކު ލިޔެފައިވާ އެ ރިޕޯޓުގެ އަތުލިޔުމާ މެދު ކޯޓުގެ ފަނޑިޔާރު ހިންހަމަ ނުޖެހި އެކަން ރަނގަޅުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ކޯޓުން ވަނީ އިންޑިއާގެ ސަރުކާރުން އިސްނަގައިގެން ޑޮކްޓަރުންނަށް އަތުލިޔުމާ ގުޅޭ ތަމްރީނު ދިނުމަށްވެސް އަންގައިފައެވެ.
މުހައްމަދު އައުޒަމް
ރައްޔިތުންގެ މަޖިލިސް
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު