ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ ޒުވާނުންގެ އެވޯޑަށް ނަން ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
ޒުވާނުންގެ އިނާމަކީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އިނާމެކެވެ.
އެ އިނާމަށް ނަން ހުށަހެޅުއްވުމަށް ކުރިން ހުޅުވާލި ފުރުސަތު ހަމަވެފައިވަނީ މިދިޔަ ބުދަ ދުވަހުގެ 13:00 ގެ ކުރިންނެވެ. ނަމަވެސް ޔޫތު މިނިސްޓްރީން މިއަދު ވަނީ އެ މުއްދަތު މިމަހުގެ ހަތް ވަނަ ދުވަހުގެ މެންދުރު 12:00 ހަމައަށް އިތުރުކޮށްފައެވެ.
ފުރަތަމަ ހުޅުވާލީ 14 ދާއިރާއަކުން ކުރިމަތި ލުމަށެވެ. މިހާރު އެތަނުން ދެ ދާއިރާއެއް ވަނީ އުނިކޮށްފައެވެ. އެއީ ޒުވާނުން ކުރިއެރުވުމަށާއި ބާރުވެރިކަން އިތުރުކުރުމަށް ހިދުމަތްކޮށްދެމުންދާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާބެހޭ ވަޒީރު ދެއްވާ ހާއްސަ އިނާމާއި ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާގެ އިނާމެވެ.
ޒުވާނުންގެ އެވޯޑުގެ ގޮތުގައި އިނާމު ދިނުމަށް ކަނޑައަޅާފައިވާ ބާރަ ދާއިރާތައް:
- ވިޔަފާރިއާއި އިގްތިސާދު
- އާޓްސް އެންޑް ކަލްޗާ - ފަންނުވެރިކަމާއި ސަގާފަތް ދިރުވުން
- މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުން
- ވޮކޭޝަނަލް ޓްރެއިނިން - ދަސްކޮށްދިނުން
- ނަފްސާނީގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
- ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރުން
- މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުން
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރުން
- ދިވެހިބަސް ދިރުވުމަށް މަސައްކަތްކުރުން
- ފަންނިއްޔާތުގެ ދާއިރާ - ޓެކްނޮލޮޖީގެ ދާއިރާ
- ފަތުރުވެރިކަމުގެ ދާއިރާ
- ކޮންސްޓާކްޝަން އެންޑް އިފްރާސްޓްރަކްޗާ ދާއިރާ
ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެ ގޮތުގައި ޒުވާނުންނަށް ދޭ ހާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ލިބިގެން ދާނެއެވެ.
އެޕްލިކޭޝަން ބަލައިގަންނަން ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00 އަށެވެ.
ޒުވާނުންގެ އިނާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް: https://youth.gov.mv/images/Youth%20Award%20Application%20Form-1757821017708.pdf އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން ޔޫތް މިނިސްޓްރީގެ މެއިލް އެޑްރެސް [email protected] މެދުވެރިކޮށްވެސް އެޕްލިކޭޝަން ހުށައެޅޭނެއެވެ.
ފާތިމަތު ލިއުޝާ
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް