ޅ. ނައިފަރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ފޭސް 2 ގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގައި މިއަދު ކުރިޔަށްގެންދިޔަ ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަޑް) އަހްމަދު ސައުދީ އެވެ.

އެ މަސައްކަތުގެ އަގަކީ 679,031,580.60 މިލިޔަން ރުފިޔާ އެވެ. މަސައްކަތް ނިންމަންދީފައިވަނީ 630 ދުވަހެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:

  • ނައިފަރުގައި 44.8 ހެކްޓަރު ބިން ހިއްކުން.
  • 1813 މީޓަރު ބޮޑު ހިލައިގެ ރިވެޓްމަންޓްޖެހުން.
  • 803 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށިލުން.
  • 474 މީޓަރު ބޮޑު ހިލައިގެ ގްރޮއިން ޖެހުން.