"އެވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުން" ސާބިތު ވި މީހަކު ދެ މަސްދުވަަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކުރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފައި ވަނީ މ. ހަނީކޯމްބް އަހްމަދު ޖަޒީލްގެ މައްޗަށެވެ.
މި ހުކުމްގައި ވަނީ ގާނޫނުލްއުގޫބާތު ގެ 120 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން އެ ވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުން، އަހްމަދު ޖަޒީލް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާ ކަމަށެވެ.
މި ކުށުގެ އުގޫބާތެއްގެ ގޮތުން، ޖިނާއީ އިޖުރާއަތުގެ ގާނޫނު ގެ 108 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް، އަހްމަދު ޖަޒީލް އާއެކު ޕްރޮސިކިއުޓާ ޖެނެރަލް ހަދާފައިވާ އިއުތިރާފު އެއްބަސްވުމުގައިވާ ގޮތުގެ ދެ މަސް ދުވަހުގެ މުއްދަތަށް އަހްމަދު ޖަޒީލް ޖަލަށްލުމަށް ކަނޑައަޅައި ހުކުުމްކުރާ ކަމަށްވެސް ހުކުމްގައިވެއެވެ.
ނަމަވެސް މުޖުތަމައުގެ އަހްލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން މި މައްސަލައިގެ ރިޕޯޓް ކުރިމިނަލް ކޯޓުން ވަނީ ސިއްރު ކޮށްފައެވެ.
އިބްރާހިމް ޒަކީ
އެމްޓީސީސީ
އިންޑިއާ
ކެންސަރު
އިގްތިސޯދު