ދިވެހި ގައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ރާއްޖެއަށް އިސްލާމްދީން އާންމުވެގެންދިޔަތާ 900 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރެއްވުމުގެ ގޮތުން ދެއްވި ހާއްސަ ހިތޯބުގައެވެ.
އެ މަނިކުފާނުގެ ހިތޯބުގައި މާތްﷲގެ ހަޒުރަތަށް ހަމްދާއި ޝުކުރު ދަންނަވަމުން، ދިވެހީން މި ވޭތުކުރީ ދަރިފަސްކޮޅަކަށް ފަހު ދަރިފަސްކޮޅެއް އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގައި ހިފަހައްޓައިގެން ކަމަށް ފާހަގަކުރެއްވިއެވެ.
ދިވެހިންގެ އުޅުމާއި އާދަތަކާއި އެންމެހައި މުއާމަލާތުތަކުގައިވެސް އިސްލާމީ ސަގާފަތް އިސްކޮށްފައިވާކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ އިސްލާމްދީނާއި ގައުމުގެ މިނިވަންކަމާ ދެކޮޅަށް ނުކުތް ކޮންމެ ދުޝްމަނަކާ ދެކޮޅަށް ދިވެހީން ޖިހާދުކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ހިޖުރީ ގޮތުން ވޭތުވި ނުވަ ގަރުނު ދިވެހީން ހާސިލުކުރި ކޮންމެ ނަސްރަކާއި ތަމައްދުނަކާއި ފާގަތިކަމެއްގެ މައިގަނޑު ސަބަބަކީ އިސްލާމްދީން ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، މި މަތިވެރި ދީނަކީ ގައުމުގެ އިއްޔެއާއި މިއަދާއި މާދަމާގެވެސް ސަލާމަތް ކަމަށެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް