ކޮރަޕްޝަނުގެ ކުށުގައި ޗައިނާގެ ކުރީގެ މިނިސްޓަރަކު މަރަން ހުކުމްކޮށްފިއެވެ.

ޗައިނާގެ ކުރީގެ އެގްރިކަލްޗަ އެންޑް ރޫރަލް އެފެއާޒް މިނިސްޓަރު، ޓަންގ ރެންޖިއަން މަރަން އެ ގައުމުގެ ޖިލިން ޕްރޮވިންސުގެ ކޯޓަކުން ހުކުމް ކޮށްފައިވަނީ އޭނާގެ މައްޗަށް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހިންގާފައިވާ ހިޔާނަތާއި ކޮރަޕްޝަންގެ މައްސަލަތައް ސާބިތުވުމާއި ގުޅިގެންނެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާ ޒިންހުއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓަންގް އޭނާގެ މިނިސްޓަރު ކަމުގެ ދައުރުގައި 37.6 މިލިއަން އެމެރިކާ ޑޮލަރުގެ ބިން ގަތުމާއި ނަގުދު ފައިސާ ހޯދި މައްސަލައެއް ފެންމަތިވެ ތަހުގީގު ހިންގާފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ޗައިނާގެ ދަ ޗަންގްޗުން އިންޓަމިޑިއޭޓް ޕީޕަލްސް ކޯޓުން ވަނީ ޓަންގ އޭނާގެ ކުށަށް އިއުތިރާފު ވުމުން މަރުގެ އަދަބު ޖަލު ހުކުމަށް ބަދަލުކުރަން ނިންމައިފައެވެ.

ޓަންގް ވަނީ 2007 ވަނަ އަހަރުން 2024 ވަނަ އަހަރާ ދެމެދު ކެބިނެޓުގައި ހިދުމަތްކޮށްފައެވެ. އޭނާގެ މައްޗަށް 2024 ވަނަ އަހަރުގެ ނޮވެމްބަރުގައި ވަނީ ތަހުގީގު ފަށައި އެ މައްސަލައިގައި ބަންދުވެސް ކޮށްފައެވެ.