ހުޅުމާލޭގައި ނޭޕާލް އަންހެނަކަށް ތޫނު އެއްޗަކުން ހަަމލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މީހަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 12:45 ހާއިރު ލިބުނު ކަމަށެވެ.

އެ ހާދިސާގައި ހަމަލާދީ ޒަހަމްކޮށްލީ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ފިހާރައެެއްގައި މަސައްކަތްކުރާ 21 އަހަރުގެ އަންހެނަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކަމަކު އޭނާއަށް ހަމަލާދިނީ ކާކު ކަމެއް އަދި ކޮން މައްސަލައެއްގައި ކަމެއް ފުލުހުން ނުބުނެއެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.