ތ. އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކޮށްފިއެވެ.

ފުލުހުން ބުނީ ތ. އޮމަދޫގައި އިއްޔެ ހުޅުވި ޕޮލިސް ޕޯސްޓާއެކު ތ. އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ވަނީ ގާއިމުކޮށްފައި ކަމަށެވެ.

"މިއީ ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށާއި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް،" ފުލުހުން ބުންޏެެވެ.

ތ. އަތޮޅުގައި ފުލުހުންގެ މަރުކަޒު ގާއިމުކޮށްފައިވަނީ އެ އަތޮޅުގެ ބުރުނީ، ވިިލުފުށި، ދިޔަމިގިލި، ގުރައިދޫ، ވަންދޫ، ކަނޑޫދޫ، ހިރިލަންދޫ، ކިނބިދޫ، އޮމަދޫ، ވޭމަންޑޫ، ތިމަރަފުށި، ގާދިއްފުށި، އަދި މަޑިފުށީގައެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި 2026 ނިމޭއިރު ޕޮލިސް ސްޓޭޝަން ނެތް ކޮންމެ ރަށެއްގައި އެ ސެންޓަރުތައް ގާއިމުކުރުމެވެ.