ތޫފާން ރަގަސާގައި ޓައިވާނުން 17 މީހުން މަރުވެއްޖެއެވެ.
މިއަހަރު އަރާނެކަމަށް ބެލެވޭ އެންމެ ބޮޑު ތޫފާން ''ތޫފާން ރަގަސާ'' ފަސް ގައުމަކަށް އަރާނެ ކަމަށް ބެލެވޭ އިރު އެތޫފާން މިހާރު ދެކުނު ޗައިނާއަށް އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޗައިނާގެ ދެކުނު ސަރަހައްދުން ދެ މިލިއަނެއްހާ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އޮފިޝަލުން ވަނީ ޓައިވާނަށް ތޫފާނުގެ އަސަރުކޮށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ 17 މީހުން މަރުވެފައިވާ ކަމަށް ބުނެފައިވެއެވެ. ޓައިވާނަށް ތޫފާން އެރި ސަރަހައްދުން ގިނަ އަދަދެއްގެ ބަޔަކު ގެއްލިގެން ހޯދަމުންދާ ކަމަށް ޓައިވާނުގެ ރެސްކިއު އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
ދެކުނު ޗައިނާ ސަރަހައްދުގައި އުފެދުނު ތޫފާން ރަގަސާގެ ބާރު ދަށްވާން ފަށާފައިވާއިރު އިއްޔެ ވަނީ ޗައިނާގެ އިރުދެކުނު ސަރަހައްދުތަކަށް އަރައިފައެވެ. އެސަރަހައްދަށް ތޫފާން އެރިއިރު ވައިގެ ބާދުމިން ހުރީ ގަޑިއަކު 241 ކިލޯމީޓަރުގެ ބާރު މިނުގައި ކަމަށް އޮފިޝަލުން ބުނެއެވެ.
ތޫފާނުގެ މިސްރާބު ޗައިނާ ހުރަސްކޮށް ވިއެޓްނާމަށް އަރާނެ ކަމަށް ބެލެވެނީ މިއަދުގެ ވަގުތެއްގައެވެ. އަދި ހުކުރު ދުވަހު ވިއެޓްނާމް ހުރަސްކޮށް ލާއޯސް އަށް އަރާނެ ކަމަށް ބެލެވެއެވެ.
މުހައްމަދު އައުޒަމް
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިނގިރޭސިވިލާތް
ރިޕޯޓް