ތ. ވިލުފުށީގައި ގާއިމްކުރާ ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައި، އޭޓީއެމްގެ ހިދުމަތް ފަށައިފިއެވެ.
ވިލުފުށީގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވީ ތ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އެރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.
ވިލުފުށީގައި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފައްޓަވާދެއްވުމަށް ފަހު ރައީސް ވަނީ ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވައިފައެވެ.
ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބު އާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްގެ އިތުރުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު އަދި ވިލުފުށީ ކައުންސިލްގެ ރައީސްއެވެ.
އަތޮޅުތެރޭގެ ރަށްރަށުގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 13 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ބީއެމްއެލް އޭޓީއެމް ގާއިމުކޮށް ހިދުމަތް ދޭން ފަށައިފައެވެ.
ފާތިމަތު ލިއުޝާ
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް